ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ކަރަންޓް ބިލުތަކަށް ފައިސާ ނުދައްކައިގެން އެ އިދާރާގެ އޮފީސް ހިންގާ އިމާރާތުން ކަރަންޓް ކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން ސްޓެލްކޯއަށް ކަރަންޓު ބިލަށް 6.5 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ.

ސްޓެލްކޯއިން ބުނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްވެސް ދީފައިވާކަމަށެވެ. ނަމަވެސް އެކަންވެސްކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިކަމަށާއި މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާކަމަށް ސްޓެލްކޯއިން ބުނެއެވެ.



އެފްއޭއެމްގެ ހާލަތު ދުވަހުން ދުވަހަށް ދަށަށްދާއިރު އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ އެތައް މައްސަލައެއް ވެސް ވަނީ މިދިޔަމަސްތަކުގައި ފެންމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު