ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ "ޔޫތު އެވޯޑް" ދިނުމަށް ބާއްވާ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.
ޒުވާނުންގެ އެވޯޑް ދޭނީ މިރޭ ބާއްވާ ޒުވާނުންގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ދަރުބާރުގޭގައި ބާއްވާ މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 18 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައަޅާފައިވާކަމަށެވެ.
ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައެޅުއްވީ 19 ޑިސެމްބަރު 2019 ގައެވެ.
މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރަމުން ގެންދިޔަ ތާރީޚު، އެކިފަހަރުމަތިން ވަނީ ބަދަލުކޮށްފައެވެ. މިގޮތުން، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ 1 މާރޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔައެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރަމުން ގޮސްފައިވަނީ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު