ޗާގޯސް މައްސަލައިގައި ދޫދިނުމަށް ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެކަމަށާއި، އެކަމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ޗާގޯސް އައިލެންޑްގެ މައްސަލައިގައި ރައީސް ސާލީހުގެ ސަރުކާރުން ދޫދިނުމަށް ނިންމިކަމަށް ބުނާ މައްސަޅައިގައި ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ބިމާއި ރާއްޖޭގެ ޖައްވާއި ކަނޑުން އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ނޫނީ ބަޔަކަށް ދޭކަށް ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެކަމަށެވެ.
"ކަނޑުގެ އިންވަކިކުރިޔަސް ބައިނަލްއަގުވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް އިމްތިޔާޒެއް ނުވަތަ ނެގެން އޮތް އެއްވެސް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫން. ގާނޫނު އަސާސީގެ ރޫހަކީވެސް އެއީ." މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލުމުގައި އިސްދައުރެއް އަދާކުރެއްވި ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހިރާއްޖެއާއި ޗާގޯސް އައިލެންޑްގެ ފުށުއަރާ ކަނޑުގެ އިންވަކިކުރުމުގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ "އިކުއިޑިސްޓޭންސް"ގެ އުސޫލުކަމަށް ދެކި، ބަޔަކު ހަމަ އެދޭ އިރަށް ފަސޭހަކަމާއެކު އެގޮތަށް ދީލާލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަކަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އިންވަކީކުރަން ހުށަހެޅިފައި ވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑުގެ ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާއި މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގްބަލުގައި އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު ތަނަކާއި ދެމެދު އޮތް ސަރަހައްދެއްގައި ކަމަށްވާތީ އދގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލަށް ރާއްޖެއަށް ދައުވާ ކުރެވޭނެކަަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހިން އެދެނީ ދިވެހި ސަރުކާރުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް އިހުލާސްތެރިކަމާއެކު ކުރުންކަމަށެވެ. އެއީ ތިމާގެ އަމިއްލަ މުދަލޭ ހިތައި އެހެން ބައެއްގެ މިލްކެއް "ބޮޑުބޭބެގެ" އެދުމަކަށް ދޫކޮށްނުލާކަން ޔާގީންކޮށްދިނުންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާ ޗާގޮސްގެ މައްސަލައިގައި އަޅުގަނޑުގެ ޚިޔާލް pic.twitter.com/frGeMHM4Bo
— Qasim Ibrahim (@qasimibrahim) October 23, 2022

ކިޔުންތެރިންގެ ހިޔާލު