އައްޑޫ ސިޓީގެ ރައްޔިތުންނަށް މިހާ ހެޔޮ ވެރިކަމެއް ދުވަހަކުވެސް ނާންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިފަދައިން ވިދާޅުވީ މި ސަރުކާރުން އައްޑޫ ރައްޔިތުން މަގުމަތިކޮށްފައިވާ ކަމަށް ބުނެ އާންމު ފަރާތަކުން ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ނިހާދުގެ ރައްދުގައި ވިދާޅުވީ، އައްޑޫ ރައްޔިތުންނަށް މިހާ ހެޔޮ ވެރިކަމެއް ދުވަހަކުވެސް ނާންނަ ކަމަށާއި އައްޑޫ ރައްޔިތުން ގުނބޯ ހެއްދި ދާނެ ކަމަށް ދުށުމަކީ ކުށް ހީއެއް ކަމަށެވެ. އަދި މި ސަރުކާރުން ކޮވިޑްގެ ދަތި އުނދަގުލާއި އެކުވެސް އައްޑޫ ރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތް އަގު ނުކުރެވޭހާ ގިނަ ކަމަށްވެސް އޭނާގެ ރައްދުގައި ވަނީ ވިދާޅުވެފައެވެ.

ނިހާދު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މި ހިނގާ އަހަރުގެ ބަޖެޓުގައި އައްޑޫއަށް އެކަނި ވެސް 284 މިލިއަން ރުފިޔާގެ މަޝްރޫއު ހިމަނާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު