ސްޓެލްކޯގެ ފްލެޓްތަކުގައި އުޅޭ ފަރާތްތަކަށް ދިމާވާ ދަތިތައް އެ ކުންފުނީގެ މެނޭޖްމަންޓުން އޮޅުންފިލުވައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ "ބްލޫ ރިޖް" ދެ ޓަވަރުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޝަރީފް ވަނީ ދެ ޓަވަރުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ބައްދަލު ކުރައްވާ އެ ފަރާތްތަކަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާފައެވެ. އަދި އެ ދަތިތަައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.



މުވައްޒަފުންނަށް ލުއިފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހިޔާ މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން ސްޓެލްކޯއިން ވެސް ވަނީ ދެ ޓަވަރު އަޅާފަ އެވެ. "ބްލޫ ރިޖް-1" އަދި "ބްލޫ ރިޖް-2"ގެ ނަން ދީފައިވާ ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓް ހުރެއެވެ. އެއީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.



ކިޔުންތެރިންގެ ހިޔާލު