މި ގައުމަކީ ޒުވާނުން ކުރިއަށް ދިއުމުގެ މަގުތައް ފަހިވެފައިވާ ގައުމަކަށް ހަދަންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ދުވަހުގެ ތަހުނިޔާ އެންމެހާ ޒުވާނުންނަށް ފޮނުއްވަމުން ނާޒިމް ވިދާޅުވީ، ޒުވާނުންނަކީ ފުދުންތެރި އަދި ކަންކަމުގައި ކުރިއަށްދިއުމަށް މަގުތައް ފަހިވެފައިވާ ޒުވާނުން އުޅޭ ގައުމެއްކަމުގައި މި ގައުމު ހަދަން ޖެހޭ ކަމަށެވެ.



ނާޒިމް މިފަދައިން ވިދާޅުވެފައިވާއިރު، އޭނާ ނިސްބަތްވާ އެމްއެންޕީ ފާހަގަ ކުރެވިފައިވަނީ ޒުވާނުންނާއި ގާތް ގުޅުމެއް ބާއްވާ، ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް މުހިންމު ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު