ޅ. ކުރެންދޫގައި އަލަށް އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ކުރެންދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަަވައި ދެެއްވައި އެރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް އަދި ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާޢީލް މަދީހެވެ.
ކުރެންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާގޮތަށް މި މަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 11 މެއި 2022 ގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތަކީގާތްގަނޑަކަށް 700 އެއްހާ މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެެވެ. މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ފަރުމާކުރާ މިސްކިތެކެވެ.
14.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާ މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ، ޅ.ކުރެންދޫގައި އަލަށް ޢިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވުން pic.twitter.com/ZpFLr6Iehj
— Ministry of Islamic Affairs (@MVIaffairs) October 22, 2022
ކުރެންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ޙަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާގޮތަށް މި މަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 11 މެއި 2022 ގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތަކީގާތްގަނޑަކަށް 700 އެއްހާ މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެެވެ. މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ފަރުމާކުރާ މިސްކިތެކެވެ.
14.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާ މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލު