ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން ޖަލުތަކުގައި އަނިޔާގެ އެއްްވެސް އަމަލެއް ނުހިންގާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ޖަލުގައި ބަންދުކޮށްފައި ގައިދީއަކަށް އަނިޔާކުރި ކަމަށް ބުނެ އާއިލާއިން ކުރި ތުހުމަތަކާއި ގުޅިގެންނެެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި އެކަމާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޖަލުތަކުގައި އަނިޔާގެ އެއްވެސް އަމަލެއް މި ސަރުކާރުން ނުހިންގާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ޖަލުތަކާއި އެ ނޫންތަނެއްގައި ވެސް އަނިޔާވެރިކަން އޮތުމަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަަމަށް މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަލުތަކުގައި އަނިޔާގެ އަމަލެއް ހިންގައިފިނަމަ އެކަން ކަމާ ގުޅުން ހުރި މުވައްސަސާތަކަށް ހުށައެޅޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ހުށައެޅިއްޖެނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް މުވައްސަސާތަކުން އަޅާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
"އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބޭކަމަށްވާނަމަ އެ ކަނޑައެޅިފައިވާ ސިސްޓަމްގެ ތެރެއިން ނުވަތަ މެކޭނިޒަމްގެ ތެރެއިން މައްސަލަ ބެލޭނެ ގޮތްތަށް ކަނޑައެޅިފައި ހުންނާނެ، އެމައްސަލަ ހުށައެޅޭނެ އިދާރާތައް ހުންނާނެ އެކަން ކުރިއަށް ގެންދާނެ، އެހެން ނަމަވެސް އަޅުގަނޑު ވަރަށް ޔަގީންކަމާއެކު ދަންނަވާލަން ޖަލުތަކުގައި އަނިޔާގެ އަމަލެއް މި ސަރުކާރަކުން ނުހިންގާނެ." މިއުވާން ވިދާޅުވިއެވެ.
ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ޖަލުގައި ބަންދުކޮށްފައި ގައިދީއަކަށް އަނިޔާކުރި ކަމަށް ބުނެ އާއިލާ އިން ވަނީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް ރައީސަށް އެޑްރެސްކޮށް ސިޓީއެއް ވެސް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު