ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް ރަނިލް ވިކްރަމްސިންހައާއި ބައްދަލުކުރައްވައިފިއެވެ.
އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީ އެމަނިކުފާނު ލަންކާއަށް ވަޑައިގެން، ރަނިލްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ބުނެފައި ވީނަމަވެސް، މި ޒިޔާރަތުގެ އިތުރު ތަފުސީލެއް މަޖިލީހުގެ އިދާރާއިން ދީފައެއް ނުވެއެވެ.
ރައީސް ނަޝީދު ރަނިލްއާއި ބައްދަލު ކުރެއްވިއިރު، އެމަނިކުފާނަކީ މޫސުމީ ކަންކަމުގައި ލަންކާގެ ރައީސަށް ލަފާދޭ ފަރާތެއްގެ ގޮތުގައި އެ ގައުމުގެ ރައީސް ހަމަޖައްސަވާފައިވާ ފަރާތެކެވެ. އަދި ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމުގައި އެހީތެރިވުމަށް ވެސް ރަނިލް ވަނީ، ރައީސް ނަޝީދު އިސްކޮށް ހަމަޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު