މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިރޭ ބުނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްް ކުރަން ހަމަޖެހިފައިވާތީ، މާދަމާއިން ފެށިގެން މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ގަލޮޅުގެ ބަނަފްސާމަގު، ސަހަރާމަގު، ނިޔަނދުރު ގޯޅި، ބޮޑުރަސްގެފާނު މަގު، ރާދަފަތި ހިނގުން، ރުއްކެނޑިޔާ ހިނގުން، ހުވަފެނީ ގޯޅި، ކޮއިމަލާ ހިނގުން، ދޮނަދަރާދަ ހިނގުން، ދޫހިމެރިމަގުގެ އިތުރުން، ލޮނުޒިޔާރަށް މަގުން ކަރަންޓް ކެނޑިދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހެނދުނު 8:00 އިން 12:00 އަށް ކަމަށެވެ.

ސްޓެލްކޯއިން ބުނީ ކަނޑައެޅިފައިވާ ވަގުތުގެ ކުރިން މަސައްކަތް ނިމިއްޖެނަމަ އަވަހަށް ކަރަންޓް ލިބޭނެ ކަމަށެވެ. އަދި އެ ކުންފުނިން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު