އަހުމަދު މަސްނޫމް   21 އޮކްޓޯބަރު 2022 - 10:50
ތިލަފުށީގައި އައު ޖަނަރޭޓަރެއް ސްޓެލްކޯއިން ބަހައްޓައިފިއެވެ.

ސްޓެލްކޯއިން ބުނީ ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކ. ތިލަފުށީގެ އައު ޖަނަރޭޓަރެއް ބެހެއްޓީ ޖަނެރޭޓިންގ ކެޕޭސިޓީ އިތުރުކުރުމަށްޓަކައިކަމަށެވެ.



ސްޓެލްކޯއިން ބުނީ 800 ކޭވީގެ އައު ޖަނަރޭޓަރުސެޓެއް ބަހައްޓައިގެން މިހާރު ވަނީ ހިދުމަތްދޭން ފަށާފައިކަމަށެވެ.

މި ޖަނަރޭޓަރު ސެޓާއި އެކީ ތިލަފުށީގެ ޖުމްލަ ކެޕޭސިޓީ ވަނީ 3.4 މެގަވޮޓަށް އިތުރު ކުރެވިފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު