ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ރޭ އެރުވި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަކީ އެވަގުތަކު ހުންނެވި ވެރިޔަކު ޙަވާލުކުރެއްވި ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވާ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގައުމީ އިނާމަށް ދެއްވުމަށް ރޭ ބެއްވެވި ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމަށް ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ.
ނަސީމަށް ދައުލަތުގެ އިއްޒަތް އެރުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ނަސީމުގެ ގައުމީ ހިދުމަތަށް އަލިއަޅުއްވާލައްވާއި، އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
"އެމަނިކުފާނަކީ، ރާއްޖޭގެ ފަތުރުވެރިކަން އުފަން ކުރެއްވި އެއް ބާނީ. ދިވެހި ފަތުރުވެރިކަން، މިއަދު މިއޮތް ފެންވަރަށް ކުރިއަރައިގެން ހިނގައިދާނެކަމުގެ އެއްވެސް އަލިމަގެއް އަދި އުންމީދެއް ފެންނަން ނެތް ދުވަސްވަރެއްގައި، އެކަމަށް ޚިޔާލު ކުރައްވައި، ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ، އަދި ވަރަށް ބޮޑަށް ފުޅާކުރެވިދާނެ ޞިނާޢަތެއްކަން އަމިއްލައަށް ދެކެވަޑައިގެން މަސައްކަތް ފެށްޓެވި ބޭފުޅެއް. ފަތުރުވެރިކަން ފެށިގެން އައި އެންމެ ދަތި ދުވަސްވަރުވެސް، މި ޞިނާޢަތު ތަރައްޤީކުރެއްވުމަށް އެމަނިކުފާނު ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. އެކިފަހަރު މަތިން އެކަމުގެ އަގުވެސް ވަޒަންކުރެވިއްޖެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، އެ މަނިކުފާނުގެ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، އެކިފަހަރު މަތިން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް، 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ޚިދުމަތް ކުރައްވާފައިކަމަށެވެ. އަދި ސަރުކާރުގެ ވަރަށް ގިނަ އިސް މަގާމުތައް އެ މަނިކުފާނު ފުރުއްވައިފައިވާއިރު ޚާއްޞަކޮށް، ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގަޔާއި، ޚާރިޖީ ދާއިރާގެ ތަފާތު މަގާމުތަކުގައި ކުރެއްވި ޚިދުމަތްތައް ރައިސް ވަނީ ފާހަގަކުރައްވާފައެވެ.
"އެހެންކަމުން، އެ މަނިކުފާނުގެ މި ދެންނެވި ޚިދުމަތްތަކަކީ، ޤައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނު." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަސީމަކީ އެ މަނިކުފާނަކީ އެވަގުތަކު ހުންނެވި ވެރިޔަކު ޙަވާލުކުރެއްވި ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ނަސީމަކީ ސަރުކާރުން އޭރު ފެށި ބޮޑެތި ބައެއް މަޝްރޫޢުތައް ހިންގެވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކުރިންވެސް ފާހަގަކުރެވިގެންދިޔަ ފަދައިން، ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫޢު. އެ މަސައްކަތްވެސް އެންމެ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވީ ނަސީމުގެ ބެއްލެވުމުގެ ދަށުން. އެ ނޫނަސް ނަސީމުގެ ކިތަންމެ ޚިދުމަތެއް މި ޤައުމަށް ލިބިފައިވާކަން، ފެނިގެން ހިނގައްޖެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަސީމް މިނިސްޓަރ އޮފް ހެލްތު ކަމުގެ މަގާމުގައި ހުންނަވައިގެން، މިހާރު އެ ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް، ފާހަގަކޮށްނުލާ ދޫކޮށްލެވޭނެ ކަމެއް ނޫންކަމަށެވެ. ޚާޢްޞަކޮށް، ކޯވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރުވެސް، ރެޔާއި ދުވާލު ކުރައްވަމުން ގެންދެވި ބުރަ މަސައްކަތް ވަނީ ފެނިފައިކަމަށް ރައީސް ވިދާޅުވިއެވެ.
"ކުޅިވަރުގެ މައިދާނުގައި ހުނަރުވެރި، ޒުވާން ދައުރުގައި ހުނަރުވެރި ކުޅުންތެރިއެއް. ކުރިކެޓް ކުޅުންތެރިއެއް. ވޮލީ ކުޅުންތެރިއެއް. އަދިވެސް ރާއްޖޭގައި އޭރު ތަޢާރުފުވިގެން އައި ކުޅިވަރުގެ އެތައް އެތައް އެތައް މައިދާނެއްގައި ރަންވަނަތަކެއް ހޯއްދަވައިފައި ހުންނެވި ބޭފުޅެއް. ޚާއްޞަކޮށް، އަޅުގަނޑު ހަނދާންވާގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ވޮލީ ޗެމްޕިއަނަކީވެސް ނަސީމް." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ކަނޑައެޅުއްވީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށްވާތީއާއި، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރާނެކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، ވެވަޑައިގެންނެވި ޤުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު