ހުޅުމާލޭގައި އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭ ސްޓެޝަންތަކެއް ގާއިމްކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން މިހާރު ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.
އެޗްޑީސީން ނިންމާފައިވަނީ ހުޅުމާލޭގައި އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭ 4 ޗާޖިން ސްޓޭޝަން ގާއިމްކުރުމަށެވެ. އަދި ފުރަތަމަ މި މަސައްކަތް ކުރިއަށްގެންދާނީ އަޖުމަ ބެލުމުގެ ޕްރޮޖެކްޓެއްގެ ގޮތުގައިކަމަށް އެޗްޑީސީން ބުނެއެވެ.
މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ހޮވޭ ފަރާތުން ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ޗާޖިން ސްޓޭޝަން ހެދުމުގެ މަސައްކަތްވެސް ކުރާގޮތަށެވެ. އަދި އެ ސްޓޭޝަންތަކުން ހުރިހާ ވައްތަރެއްގެ އުޅަނދުތައްވެސް ޗާޖު ކުރެވެންޖެހޭނެކަމަށް އެޗްޑީސީން ބުނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 1 ވަނަ ދުވަހުގެ މެންދުރު 3:30 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އެޗްޑީސީއަށް ހުށަހަޅަންޖެހެއެވެ.

EOI: Supply and Installation of Electric Vehicle Charging Stations in Hulhumalé
— HDC (@hdcmaldives) October 20, 2022
Link: https://t.co/xOPZVChpSe pic.twitter.com/SI7pBA6jq9
މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ހޮވޭ ފަރާތުން ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ޗާޖިން ސްޓޭޝަން ހެދުމުގެ މަސައްކަތްވެސް ކުރާގޮތަށެވެ. އަދި އެ ސްޓޭޝަންތަކުން ހުރިހާ ވައްތަރެއްގެ އުޅަނދުތައްވެސް ޗާޖު ކުރެވެންޖެހޭނެކަމަށް އެޗްޑީސީން ބުނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 1 ވަނަ ދުވަހުގެ މެންދުރު 3:30 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އެޗްޑީސީއަށް ހުށަހަޅަންޖެހެއެވެ.
ކިޔުންތެރިންގެ ހިޔާލު