8 އަހަރު ތެރޭގައި ރާއްޖޭގެ އާބާދީއަށް އިތުރުވި ދިވެހިންނާއި އަޅާބަލާއިރު ބިދޭސީން އިތުރުވި މިންވަރު ދެ ގުނަ އިތުރުކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްދާއިރު އިއްޔެގެ ނިޔަލަށް އެއްކުރެވުނު ބައެއް މައުލޫމާތު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ އާއްމުކޮށްފައެވެ.
އެ މައުލޫމާތުތައް ދައްކާގޮތުން ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ގުނިފައިވަނީ ރާއްޖޭގެ އާބާދީގެ 89 އިންސައްތައެވެ. އެއީ ބިދޭސީންނާއި ދިވެހިން ހިމެނޭ ގޮތަށް 495452 މީހުންނެވެ. މިއީ މީގެ 8 އަހަރު ކުރިއާ އަޅާބަލާއިރު 50424 އިތުރު އަދަދެކެވެ.
މިއަހަރުގެ ބޯހިމެނުމުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތައް ދައްކާގޮތުން ދިވެހިންގެ އަދަދަކީ 355331އެވެ. މީގެ 8 އަހަރު ކުރިން 2014 ވަނަ އަހަރު ބޯހިމެނިއިރު މިއަދަދު ހުރީ 338434 ގައެވެ. އެހެންކަމުން ރާއްޖޭގެ އާބާދީއަށް 8 އަހަރު ތެރޭގައި އިތުރުވި ދިވެހިންގެ އަދަދަކީ 16897އެވެ.
މީގެ 8 އަހަރު ކުރިން ބިދޭސީންގެ އާބާދީއަކީ 63637އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 97164 އަށް އަރާފައެވެ. މިއީ 33527 އިތުރު އަދަދެކެވެ.
އެހެންކަމުން ބިދޭސީންގެ އާބާދީ ރާއްޖޭގައި އިތުރުވާ މިންވަރު ހުރީ ދިވެހިންނަށްވުރެ 2 ގުނަ މަތީގައެވެ.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި މިހާރުވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"8 އަހަރަށް ފަހު ދިވެހިން 16 ހާސް އިތުރުވިއިރު އިގްތިޞާދު ހިންގުމަށް ބިދޭސީންގެ 33 ހާސް އެތެރެވި. ބެއްލެވީތީ ޝުކުރު. ކަންބޮޑުވާންޖެހިއްޖެ. ދެން ހޮވޭ ސަރުކާރުގެ ވައުދަކަށް ވާންޖެހޭ ދިވެހި ނަސްލު ނެތި ދިއުމަށް ހުރި ސަބަބުތަކަށް އެޑްރެސްކުރުން" ކުރީގެ މިނިސްޓަރ އާދިލް ސަލީމް ވިދާޅުވިއެވެ.
ސްޓެޓިސްޓިކްސް ބިއުރޯ އޮފް މޯލްޑިވްސްއިން ބުނީ މިއަހަރުގެ ބޯހިމެނުމުގައި މިހާތަނަށް ގުނިފައިވާ އާބާދީއަކީ، އިދާރީ ރިކޯޑްތަކުންބަލާއިރު ރާއްޖޭގެ ރެޖިސްޓަރޑް އާބާދީގެ 89 އިންސައްތަ އެވެ. ރެޖިސްޓަރޑް އާބާދީގެ ތެރޭގައި ރާއްޖޭންބޭރުގައި ދިރިއުޅޭ ދިވެހިންވެސް ހިމެނެއެވެ.
ބޯހިމެނުމުން މިހާތަނަށް ގުނުނު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު 97164އަށް އަރާއިރު މިއީ އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 އިންސައްތައެވެ. އަދި މިއަދަދު އިތުރަށް ފުރިހަމަކުރުމަށްޓަކައި ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާއި ގުޅިގެން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

ޤައުމީ ތަފާސްހިސާބުގެ ދުވަސް 2022:
— Statistics Maldives (@statsmaldives) October 20, 2022
20 އޮކްޓޫބަރުގެ ނިޔަލަށް ގުނުނު އާބާދީ، ބޯހިމެނުން 2022.
އިތުރަށް ވިދާޅުވެލެއްވުމަށް https://t.co/JtPjQxFnk1 pic.twitter.com/liI3AFhV2X
ސްޓެޓިސްޓިކްސް ބިއުރޯ އޮފް މޯލްޑިވްސްއިން ބުނީ މިއަހަރުގެ ބޯހިމެނުމުގައި މިހާތަނަށް ގުނިފައިވާ އާބާދީއަކީ، އިދާރީ ރިކޯޑްތަކުންބަލާއިރު ރާއްޖޭގެ ރެޖިސްޓަރޑް އާބާދީގެ 89 އިންސައްތަ އެވެ. ރެޖިސްޓަރޑް އާބާދީގެ ތެރޭގައި ރާއްޖޭންބޭރުގައި ދިރިއުޅޭ ދިވެހިންވެސް ހިމެނެއެވެ.
ބޯހިމެނުމުން މިހާތަނަށް ގުނުނު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު 97164އަށް އަރާއިރު މިއީ އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 އިންސައްތައެވެ. އަދި މިއަދަދު އިތުރަށް ފުރިހަމަކުރުމަށްޓަކައި ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާއި ގުޅިގެން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު