ސްޓެލްކޯގެ މާލޭ ޕަވަރ ހައުސްގެ އައުޓްފޯލް ހޮޅިއަކަށް ގެއްލުންލިބި ބޮޑުތަކުރުފާނު މަގަށް ފެން ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މާލޭ ޕަވަރ ހައުސްގެ އައުޓްފޯލް ހޮޅިއަކަށް ގެއްލުންލިބި ބޮޑުތަކުރުފާނު މަގަށް ފެން ލީކްވާ މައްސަލަ ޙައްލު ކުރުމަށް ޑީ ވޯޓަރިންގެ މަސައްކަތް ކުރިޔަށް ދާ ވަގުތު ވެހިކަލްތަކަށް މަގު ބޭނުން ކުރެވޭ ގޮތް ހެދުމުގެ ގޮތުން ރޭމްޕް ހަރުކުރުމުގެ މަސައްކަތް ނިމި ބޭނުން ކުރެވެމުންދާކަމަށެވެ.



މީގެއިތުރުން‏ ބޮޑުތަކުރުފާނު މަގަށް ފެން ލީކްވާ މައްސަލަ ޙައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑީ ވޯޓަރިން ޕައިޕްތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ.

ބޮޑުތަކުރުފާނުމަގު ތާރުގެ މެދުން ފެން ލީކްވަމުން ދާތީ އެކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ދަނީ ގާތުން ބައްލަވަމުންނެވެ. އެގޮތުން ޝަރީފް ވަނީ މަސައްކަތް ހިނގާ ސަރަހައްދަށް ވަޑައިގެން މަސައްކަތް ހިނގާ ގޮތް ބައްލަވާލައްވާފައެވެ.



ސްޓެލްކޯއިން ބުނީ މި މަސައްކަތް ފެށުން ލަސްވެގެން ދިޔައީ ސިޓީ ކައުންސިލުން ދޭންޖެހޭ ހުއްދަތަކެއް ނުދީގެންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު