ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.
މިރޭ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 10 ބޭފުޅުންނަކީ:
1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް، މ. ޑައިމަންޑްވެލީ
2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، ހ. ހުދުފިނިފެންމާގެ
3. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން: އަލްފާޟިލް ޢަބްދުﷲ، އާރުޒޫ، ގދ. ތިނަދޫ
4. ތަޢުލީމީ ދާއިރާއިން: ޑޮކްޓަރ އަޙްމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ
5. ޞިއްޙީ ދާއިރާއިން: އަލްފާޟިލް އަޙްމަދު ނާޝިދު، ހ. ރަންރިބުދޫ
6. ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޒާހިރު، މއ. ކިނާރާހައުސް
7. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: އަލްފާޟިލާ ޒަރީނާ އަޙްމަދުދީދީ، ކުމުންޒާނިގެ، ސ. ފޭދު
8. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: އަލްފާޟިލް އަޙްމަދު ޢަލީމަނިކު، ގ. ވިޔަވަތި
9. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޞާލިޙް، މ. ޝުއާޒް
10. މަސައްކަތްތެރިކަމުގެ ދާއިރާއިން: އަލްފާޟިލާ ޢާބިދާ އިސްމާޢީލް ޢަލީ، މ. ކަނޑޫކުރި
މިރޭގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 19 ބޭފުޅުންނާއި، 3 ފަރާތަކަށްވެސް ދެއްވާފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

ކިޔުންތެރިންގެ ހިޔާލު