ޤައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ އަފްރާދުންގެ އީމާންކަމުގެ ސާފްކަމާއި, ސާބިތުކަމުންކަމަށް ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާން މިހެން ވިދާޅުވީ ގައުމީ އިނާމް ދިނުމަށް ބާއްވަވާ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރާދާނީ ޤައުމަށް ކޮށްދެއްވިފައިވާ ޚިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުންކަމަށެވެ. އަދި ޤައުމަށްޓަކައި ވަމުންދާ ދިފާއީ އަދި ޤައުމީ ޤުރުބާނީތަކާއި, ފިދާތަކުގެ މަތިވެރިކަމުގެ ސަބަބުންކަމަށެވެ.
މީގެއިތުރުން މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ ޤައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ އެބައެއްގެ ކިބައިގައި އަށަގެންފައިވާ މުރާލިކަމާއި, މަސައްކަތްތެރިކަމާއި, ހިތްވަރާއި އަޒުމުގެ ވަރުގަދަކަމުން ކަމަށެވެ. ޤައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ ހަމައެކަނި އެގައުމުގެ ބިމުގެ ސަރަހައްދުގެ ބޮޑުކަމަކުން ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެގައުމެއްގައި ދިރުއުޅޭ އާބާދީއެއްގެ ބޮޑުކަމަކުންވެސް ނޫންކަމަށާއި, އެމުޖުތަމައުއެއްގެ އަފްރާދުންގެ އީމާންކަމުގެ ސާފްކަމާއި, ސާބިތުކަމުން ކަމަށް އިމްރާން ވިދާޅުވިއެވެ.
ޤައުމުތައް ކުރިއަރާދަނީ އެބައިމީހުން ޤަބޫލުކުރާ ހަމަތަކާއި, އުސޫލުތަކުގެ ވަރުގަދަކަމުންކަމުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ ހޯދިފައިވާ އިލްމީ ޤާބިލްކަމުގެ ފުރިހަމަކަމުންކަމަށެވެ. މީގެއިތުރުން އަށަގެންފައިވާ ރިވެތި އަހުލާގުގެ މަތިވެރިކަމުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ ބިމުގެ ސަރަހައްދު ކިތަންމެ ކުޑަނަމަވެސް އަދި އާބާދީ ކިތަންމެ ކުޑަނަމަވެސް މިމަތިވެރި ސިފަތައް އަށަގެންނެވިއްޖެނަމަ އަޅުގަނޑުމެންގެ ޤައުމަކީ އެހެން ޤައުމުތަކުގެ ކުރިމަތީގައި އަގުހުރި ނަމޫނާ މިސާލީ ބަޔަކަށް ވެވިދާނެ." މިނިސްޓަރ ވިދާޅުވިއެވެ.
ޤައުމީ ދަރިން ޤައުމަށް ހޯދައިދޭ ރީތިނަމާއި, ޤައުމަށްޓަކައި ކޮށްދޭ ބޮޑަތި ޚިދުމަތްތަކާއި, ޤާއުމަށް ހޯދައިދޭ ޝަރަފާއި އިއްޒަތުގެ އަގުވަޒަންކޮށް ޤައުމީ ފެންވަރުގައި ފާހަގަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާގެ އަތްޕުޅުން އިނާމް ލިބުން އެއީ ޤައުމީ ދަރިއެއްގެ ހަޔާތުގައި ލިބޭނެ އެންމެ ފުރިހަމަ އެންމެ ޝަރަފްވެރި ކާމިޔާބުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މިލޮބުވެތި ވަތަން މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ސައްހަ އަގީދާގެ މަތީގައި ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ޤާއުމީ ޒިންމާއެއް އަދި ވާޖިބެއްކަމަށެވެ. މިވާޖިބު ފުރިހަމައަށް އަދާކުރެވޭނީ އަމިއްލަ ފަރުދީ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށްގެންކަމަށާއި, މުޅި މުޖުތަމައުގެ މަންފާއަށްޓަކައި އެންމެ ގިނަގުނަ މަސައްކަތްތަކެއް ކޮށްގެންކަމަށެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން މަގުދައްކައިދެނީވެސް އެގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެކުރިން ގައުމީ އިނާމް ދެއްވަމުން އައީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެން ނިންމެވީ ޤައުމުގެ ޝަރަފާއި, ޤައުމުގެ ޚިދުމަތުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ހަނދާން އާކޮށް, އެބޭފުޅުންނަށް ޤައުމީ އިނާމް ދޭންވާނީ ޤައުމީ ދުވަހުގެ ޖަލްސާގައިކަމަށެވެ. މިއަހަރުގެ ގައުމީ ދުވަސް، ޤައުމީ ދުވަސް ނިސްބަތްވާ މުޙައްމަދު ތަކުރުފާންގެ އުފަން ފަސްގަނޑުކަމަށްވާ ހއ.އުތީމްގައި ކުލަގަދަކޮށް ފާހަގަކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ގައުމީ އިނާމް ދިނުމަށް ޚާއްސަ ޖަލްސާއެއް މިއަހަރު ބޭއްވުމަށެވެ.
ޤައުމީ ތަފާތު އިނާމްތައް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް މިނިސްޓަރ އިމްރާން ޢަބްދުالله ވަނީ ވަރަށް އިހުލާސްތެރިކަމާއެކު މަރުހަބާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު