ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކުގެ މައުލޫމާތު އޮމާންގެ އިންވެސްޓަރުންނާއި ހިއްސާ ކުރައްވައިފިއެވެ.
ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކުގެ މައުލޫމާތު އޮމާންގެ އިންވެސްޓަރުންނާއި ހިއްސާ ކުރައްވާފައި ވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އޮމާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިސްޓަރ ޝާހިދު ވަނީ މި ދަތުރުފުޅުގައި އޮމާން ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮމްޕެނީ، އޮމްރާންގެ ސީ.އީ.އޯ ހާޝިލް ބިން އުބައިދު އަލް މަހްރޫޤީއާއި، އޮމާން އިންވެސްޓްމަންޓް އޮތޯރިޓީ، އޯ.އައި.އޭގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް ޞާލިޙްގެ އިޤްތިޞާދީ އެޖެންޑާއާއި، ކޯވިޑް-19 އަށްފަހު އިޤްތިޞާދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތާ ބެހޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އޮމްރާންގެ ސީ.އީ.އޯ މަހްރޫޤީ ވިދާޅުވީ، ރާއްޖޭގައި ހުރި ފުރުސަތުތަކަކީ އޮމާންގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރި ފުރުސަތުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ޝަޢުގުހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި، ދިވެހިރާއްޖެއިން އޮމާނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފާޠިމަތު ނަޖުވާ ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފޮރިން މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.

Delighted to meet Mr. Hashil bin Obaid Al-Mahrouqi, CEO of @OmranGroupOm and representatives of @oman_oia.
— Abdulla Shahid (@abdulla_shahid) October 19, 2022
We discussed potential opportunities for investments that are mutually beneficial, sustainable and would have a positive social impact. pic.twitter.com/vaAHH73KiM
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް ޞާލިޙްގެ އިޤްތިޞާދީ އެޖެންޑާއާއި، ކޯވިޑް-19 އަށްފަހު އިޤްތިޞާދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތާ ބެހޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އޮމްރާންގެ ސީ.އީ.އޯ މަހްރޫޤީ ވިދާޅުވީ، ރާއްޖޭގައި ހުރި ފުރުސަތުތަކަކީ އޮމާންގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރި ފުރުސަތުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ޝަޢުގުހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި، ދިވެހިރާއްޖެއިން އޮމާނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފާޠިމަތު ނަޖުވާ ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފޮރިން މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު