އިލެކްޝަން ކޮމިޝަންތަކުގެ ބައިނަލްއަގުވާމީ ޖަމުއިއްޔާގެ އެގްޒެކްޓިވް ބޯޑު މެމްބަރުކަން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް ލިބިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާރު ކުރިއަށްދާ އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަންސް ބޮޑީސް 5 ވަނަ ޖެނެރަލް އެސެމްބްލީގެ ތެރެއިން އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑުގެ އޭޝިޔާ ސަރަހައްދުން މެންބަރުކަން ރާއްޖެއަށް ލިބިފައިވާކަމަށެވެ. މިއީ 2 އަހަރުގެ ދައުރެކެވެ.
އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަންސް ބޮޑީސްގެ 5 ވަނަ ޖެނެރަލް އެސެމްބްލީ ކުރިއަށްދަނީ ސައުތު އެފްރިކާގައެވެ. މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ކޮމިޝަންގެ މެމްބަރު މުހައްމަދު އާސިފެވެ.
އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަންސް ބޮޑީސްގެ 5 ވަނަ ޖެނެރަލް އެސެމްބްލީގެ ތެރެއިން އެގްޒެކްޓިވް ބޯޑުގެ ބައްދަލުވުމުގެ އިތުރުން، 63 ގައުމެއްގެ އިލެކްޝަންސް ކޮމިޝަންގެ ނުވަތަ އިދާރާތަކުން މަންދޫބުން ބައިވެރިވާ ބައިނަލްއަގުވާމީ ކޮންފަރެންސެއްވެސް ކުރިއަށްދާނެއެވެ.
2013 ވަނަ އަހަރު އުފެއްދި އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަންސް ބޮޑީސްއަކީ 109 ގައުމަކުން 119 އިލެކްޝަންސް ކޮމިޝަނެއްގެ މައްޗަށް އެކުލެވިގެންވާ ޖަމުއިއްޔާއެކެވެ.

Commissioner H.E. Mohamed Asif is attending the 5th General Assembly Meeting, which incorporates the A-WEB Executive Board Meeting and an International Conference with delegates from 63 countries' Electoral Authorities. (2/2) #AWEBGA #AWEB2022 #generalassembly2022
— Elections Commission (@ElectionsMv) October 20, 2022
އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަންސް ބޮޑީސްގެ 5 ވަނަ ޖެނެރަލް އެސެމްބްލީގެ ތެރެއިން އެގްޒެކްޓިވް ބޯޑުގެ ބައްދަލުވުމުގެ އިތުރުން، 63 ގައުމެއްގެ އިލެކްޝަންސް ކޮމިޝަންގެ ނުވަތަ އިދާރާތަކުން މަންދޫބުން ބައިވެރިވާ ބައިނަލްއަގުވާމީ ކޮންފަރެންސެއްވެސް ކުރިއަށްދާނެއެވެ.
2013 ވަނަ އަހަރު އުފެއްދި އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަންސް ބޮޑީސްއަކީ 109 ގައުމަކުން 119 އިލެކްޝަންސް ކޮމިޝަނެއްގެ މައްޗަށް އެކުލެވިގެންވާ ޖަމުއިއްޔާއެކެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު