ތައުލީމުގެ ބިލާ ދިވެހިރާއްޖޭގެ މަތީތައުލީމުގެ ބިލަށް އާންމުންގެ ޚިޔާލު ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، ތަރިކައިގެ ކޮމެޓީގައި މިހާރު ދިރާސާ ކުރަމުންދާ ތައުލީމުގެ ބިލާ ދިވެހިރާއްޖޭގެ މަތީތައުލީމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.

އެބިލަށް އެއްވެސް ފަރާތުގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 18 ޖޫން 2020 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން މަޖިލީހުގެ އީމެއިލަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު