އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ) އެވެ.

ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެމީހާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ 17:12 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އޭނާ ހައްޔަރުކުރީ ފާރުތަކުގައި "އިންޑިއާ އައުޓް" ސްޕްރޭ ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރާއެކު މާލެއާއި އަތޮޅުތަކުގައި ހަރުކުރަމުންދާ އިންޑިއާ އައުޓް ބެނާތައް ފުލުހުން ވަނީ ނަގަން ފަށާފައެެވެ.



ކިޔުންތެރިންގެ ހިޔާލު