މާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެކްސިޑެންޓްވެ ސައިކަލު ތަކަކަށް ގެއްލުންވެއްޖެއެެވެ.
ފުލުހުން ބުނީ އޯކިޑް މަގުން ދުއްވާފައި ދިޔަ އެމްބިއުލާންސެއް ޕާކްކޮށްފައި ހުރި ސައިކްލްތަކެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 07:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ގެއްލުން ލިބުނީ ކިތައް ސައިކަލަށްކަން އަދި ބުނަން ނޭނގޭ ކަމަށެވެ. މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު