އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އިންތިހާބުގައި ވޯޓް ދިން މީހުންގެ 58 ޕަސެންޓް ވޯޓާއެކުއެވެ. އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ފައްޔާޒު އިސްމާއިލް ކަށަވަރު ކުރެއްވިތާ އެތައް އިރެއް ފަހުން ރައީސް ނަޝީދު ވެސް މިވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެފައެވެ.

އެމަނިކުފާނު މެސެޖުގައި ވަނީ ފަޔާއާއި ފަޔާގެ ކެމްޕޭން ޓީމަށާއި އަދި އިންތިއާއި އިންތިގެ ކެމްޕޭން ޓީމަށްވެސް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފަޔާގެ ޗެއަރޕާސަންކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީ ހޯދޭނެކަމާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކު ނުހިނގާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ފަޔާއަށް މަރުހަބާ ވިދާޅުވެފައިވާއިރު، އިންތިވެސް މިހާރުވަނީ ބަލި ގަބޫލު ކުރައްވައި ފަޔާއަށް މަރުހަބާ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު