ބަދަހި އާއިލާއެއް ބިނާކޮށް މުޖުތަމައުގައި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހުއްޓުވުމުގައި ފިރިހެނުންގެ ހިއްސާ ބޮޑުކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ "އާއިލީ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ހިއްސާ" މިޕްރޮގްރާމް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްނުދީ، ބޮޑެތިވުމާއިއެކު އުފާވެރި ޒަވާޖީ ހަޔާތެއް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ. މިކަންކަން ހައްލުވެގެންދާނީ ފިރިހެނުން މިކަމަށް ވިސްނާ އާއިލާގެ ރައްކާތެރިކަން ކުއްޖާއަށް ފުރިހަމައަށް ލިބިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތަކުގައި ފިރިހެނުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ މިފަދަ އަމަލުތައް ހުއްޓުވުމަށް ފިރިހެނުން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ކަންކަން ހަމައެކަނި މިނިސްޓްރީން ނުކުމެ ހުއްޓުވަން އުޅެގެން ނުހުއްޓުވޭނެކަމަށެވެ. އަދި އެކަން ހުއްޓުވޭނީ ފުލުހުންނާއި، އެކަން ނުކުރާ ހުރިހާ އެންމެންވެސް އެކަމާ ދެކޮޅަށް ތެދުވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނަފުރަތު ކުރަން ފަށަމާތޯ މި އަމަލުތައް ހިނގަމުންދާއިރު އެނގިތިބެ މިކަމާ އަޅާނުލާ ބޮޑެތި މީހުންގެ އަޅާނުލުމަށް. އަޅުގަނޑުމެން މިކަން ހުއްޓުވުމަށް ތެދުވާ ކަމަށްވަންޏާ ހަމައެކަނި ޖެންޑަރ މިނިސްޓްރީން ހުއްޓުވުމަށް ތެދުވެގެން މިކަމެއް ނުވާނެ. މިކަން ހުއްޓުވޭނީ ފުލުހުންނާއި މިކަން ނުކުރާ ހުރިހާ ރައްޔިތުން ތެދުވެގެން." ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓްރީގެ ފަރާތުން އިފްތިތާހުކުރި މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ އާއިލާތަކުގެ ގުޅުން ބަދަހިކުރުމަށްޓަކައި ފިރިހެނުންގެ ހިއްސާ އިތުރުކުރުން ކަމަށާއި މީގެ އިތުރު މަގުސަދު ތަކުގެ ތެރޭގައި، އާއިލީ ގުޅުން ބަދަހި ކުރުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބެލުމާއި، އާއިލީ ގުޅުން ހީނަރުވުމަށް ދިމާވާ މައްސަލަތަކަކީ ކޮބައިކަން ހޯދުމާއި، އެ ކަންކަން ހައްލުކުރަން ކުރެވޭނެ ކަންކަން ހޯދުމާއި، އަދި ވީހާވެސް ގިނަ ބަޔަކަށް މި މައުލޫމާތުތައް ފޯރުކޮށްދިނުން ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިޕްރޮގްރާމް އިފްތިތާހު ކުރުމަށްފަހު މިއަދުވަނީ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ ފިރިހެން މުވައްޒަފުންނަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ހިންގާފައެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި އާންމުންނަށް އަމާޒްކޮށްގެން ވެސް މިޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު