އިއްޔެ ވޯޓުގެ ނަތީޖާއިން ހާމަވީ އެމްޑީޕީގެ މެމްބަރުން މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް އިތުބާރު ކަމަށާއި މިއީ ޕާޓީގެ ލީޑަރުންނަށް މެމްބަރުން ދިން ވަރުގަދަ މެސެޖެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ވެވަޑައިގެންފައިވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިއީ އެމްޑީޕީގެ މެމްބަރުން ހަމައެކަނި އޭނާއަށް ދިން ވޯޓެއް ނޫން ކަމަށެވެ. އިއްޔެގެ ކާމިޔާބީން އެންމެ ބޮޑަށް ބުނެދެނީ ރައީސް ސޯލިހާއި ދޭތެރޭ ޕާޓީގެ މެމްބަރުން ހިތްހަމަ ޖެހޭ ކަން ކަމަށާއި އެމަނިކުފާނަށް އޮތް އިތުބާރު ހާމަވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކެނީ މިއީ 2023 ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއިއެކީ މަސައްކަތް ކުރުން ކަން ބުނެދިނުމަށް ޕާޓީގެ ހުރިހާ އިސް ލީޑަރުންނަށް އާއްމު މެމްބަރުން ދިން މެސެޖެއްގެ ގޮތުގަ." ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީ އޮތީ ބައިބައިވެފައި ނޫންކަމަށެވެ. އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ކަަމަށް ވާދަކުރެއްވި އިމްތިޔާޒް ފަހުމީ (އިންތި) އާއި އެކީގައި މަސައްކަތް ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ބަހުގެ ހަމަލާތައް ބަދަލު ކުރިޔަސް، ނަތީޖާއަށް ފަހު އެފަދަ ހިތްބުރަ ކަމެއް ޕާޓީގެ ތެރޭގައި ނޯންނާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ. ފައްޔާޒު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާނެ ކަމަށާއި ޕްރައިމަރީ އަށް ދިޔުމާއި މެދު ގޮތެއް ނިންމާނީ ޕާޓީގެ އެތެރޭގެ ގުނަވަންތަކުން ކަމަށެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ފައްޔާޒު ވަނީ 28520 ވޯޓު ހޯއްދަވާފައެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 58 އިންސައްތަ އެވެ. އިންތި ވަނީ 20855 ވޯޓް ހޯއްދަވާފައެެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 42 އިންސައްތަ އެވެ. ފައްޔާޒާއި އިންތިއާއި ދެމެދު 8000 ވޯޓްގެ ފަރަގެއް އެބަހުއްޓެެވެ.
"އެމްޑީޕީ ހިންގާލަން" ޓީމުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ބޮޑު ތަފާތަކުން އެ އިންތިޚާބު ކާމިޔާބު ކުރައްވައި އެމަގާމު ހޯއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު