އެމްޑީޕީ ގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިންތިހާބުކޮށްފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ރޮޒައިނާ އިންތިހާބުވީ ހޮނިހިރުދުވަހު އޮތް އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިގެންނެެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަންހެނުން ގޮފީގެ ރައީސްގެ މަގާމު ހޯއްދެވީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރު ޝަފާއަތު އަހުމަދު ޒާހިރު ބަލި ކުރެއްވުމަށްފަހުއެވެ.
މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ރޮޒެއިނާ ވަނީ 5000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. ސަފާތުއަށް ލިބިވަޑައިގަތީ 2700ވޯޓެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ރޮޒައިނާ އާދަމް ވިދާޅުވީ ދެން އޮތީ އެންމެން އެކުވެރިކަމާއެކު ނިކުމެ 2023 ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ އެކަކު ވެސް ބާކީ ނުކޮށް، މި ޕާޓީ ގަދައަށް ހިންގާލަން." ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރި ކުރުމަށާއި، ގައުމީ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އޮންނަ ޕާޓީގެ މުހިއްމު ގުނަވަނެކެވެ.
މި ފަހަރުގެ އިންތިހާބުގައި ރޮޒައިނާ ކެމްޕެއިން ކުރެއްވީ ފައްޔާޒްގެ "ހިންގާލަން" ޓީމާއެކުގައެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

Vote lumuge mi democratic harakaathuga baiverivee hurihaa enmennah ves shukuriyya.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 14, 2022
Inthihaab nimunee. Dhen othee enmen ekuverikama eku 2023 kaamiyaabu kurumah masakkaiy kurun. Alhugandu beynunvanee ekakuves baakee nukoh, enmen ekee mi party ge AR gadhayah hingaalaan!
"އަޅުގަނޑު ބޭނުންވަނީ އެކަކު ވެސް ބާކީ ނުކޮށް، މި ޕާޓީ ގަދައަށް ހިންގާލަން." ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރި ކުރުމަށާއި، ގައުމީ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އޮންނަ ޕާޓީގެ މުހިއްމު ގުނަވަނެކެވެ.
މި ފަހަރުގެ އިންތިހާބުގައި ރޮޒައިނާ ކެމްޕެއިން ކުރެއްވީ ފައްޔާޒްގެ "ހިންގާލަން" ޓީމާއެކުގައެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

BEL
EGY
COL
ކިޔުންތެރިންގެ ހިޔާލު