މާލެ ސިޓީިގެ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައިއިލެކްޝަން އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
މިއީ، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ ޕީޕީއެމުން، ދާދިފަހުން ރަޖިސްޓްރީކުރި އެމްއެންޕީއާއި ވާދަކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މި އިންތިހާބު އެމްއެންޕީއަށް ނާކާމިޔާބުވީ ވަރަށް ކުޑަ ތަފާތަކުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިޔަށް ގެންދިޔަ މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާ އުޅެނީ އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއަށްވުރެ 6 ވޯޓު ކުރީގައެވެ.
މި އިންތިޚާބުގައި ފާތިމަތު ނާޒިމާ ވަނީ 359 ވޯޓް ހޯދައިފައެވެ. ޝީޒާއަށް ލިބުނީ 353 ވޯޓެވެ.
ވަގުތު ހަމަވިފަހުން ފޯމުލާފައިވާތީ، މި އިންތިޚާބުގައި އެމްޑީޕީއަށް ވާދަ ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
މި އިންތިހާބުގައި 2900 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު