ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއެކު ވަރަށް ބޮޑު ހެއު ބަދަލެއް ތައުލީމީ ދާއިރާއަށް އަންނާނެ ކަމަށް އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވެއްޖެެއެެވެ.
"ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަަކަ ދައްކަވަމުން އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވީ މުސާރަތައް ބޮޑުކުރުމާއި ގުޅިގެން ތައުލީމީ ދާއިރާއަށް ވަރަށް ބޮޑު ހެއު ބަދަލެއް އަންނާނެ ކަމަށެވެ. މުސާރައަށް އައި ބޮޑު ކުރިއެރުމާއެކު ސުކޫލުގެ ތަރައްގީއަށް ކުރާ ކަންތައްތަކުގައި ޓީޗަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތާއި އަވައްޓެރި ގައުމުތަކުގެ ސިވިލް ސާވިސް އަށް ބަލާއިރު ރާއްޖޭގެ ޓީޗަރުންނަށް މިހާރު ލިބޭ މުސާރައަކީ ވަރަށް އެކަށީގެންވާ މުސާރައެއް ކަމަށް ސައީދު ވިދާޅުވިއެވެެ.
"މިހާރު އަޅުގަނޑަށް ގަބޫލުކުރެވޭ ޓީޗަރުންގެ ވަޒީފާއާއި ކުރާ މަސައްކަތާއި އެއްވަރުގެ މުސާރައެެއް ލިބި މުސާރައަށް އައި ބަދަލާއެކު އެ ހަމަހަމަކަން އަންނާނެކަމަށް." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި ޓީޗަރުންގެ ތަރައްގީއަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޓީޗަރުންނަށް އަމާޒުކޮށް 400 ފުލެޓް ދީފައިވާ ކަމަށާއި މިހާރު ޓީޗަރުންނަށް ލިބޭ މުސާރަ އާއެކު ކުލި ދެއްކުމަށްފަހު އެހެން ކަންކަމަށް ޚަރަދުކުރާނެ ފައިސާ ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލް ސައީދު ވިދާޅުވީ، ޕްރިންސިޕަލުންނަކީ ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހޭ ބައެއް ކަމަށާއި މުސާރައަށް އައި ކުރިއެރުމާއެެކު އިތުރު ވަގުތު މަސައްކަތުގައި ޕްރިންސިޕަލުން ހަރަކާތްތެރިވާނެ ކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ މުސާރަ ބޮޑުކުރުމަކީ ޕްރިންސިޕަލުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެެވެ. ސައީދު ވިދާޅުވީ ރާއްޖެ ކަހަލަ އިގްތިސާދީ ގޮތުން އެހާ ތަނަވަސް ނޫން ގައުމެއްގައި އެއް ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ދިނުމަށް އަހަރެއްގެ މައްޗަށް 500 މިލިއަން ރުފިޔާ ޚަރަދުކުރަން ނިންމި ނިންމުމަކީ ސުކޫލުތަކުގެ ޕްރިންސިޕަލުންނާއި މެނޭޖްމަންޓާއި މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"މިއީ އިތުރު ހަރުފަތަކަށް އަޅުގަނޑުމެންގެ މިހާރުގެ ސުކޫލުތަކުގެ ހިންގުން ޕްރިންސިޕަލުންގެ ޕްލޭންތަކާއި ހިންގުމާއި އެކަންތައްތައް އިމްޕްލިމެންޓް ކުރުމަށްޓަކައި ދޭންޖެހޭ ވަގުތު ދިނުމުގައި ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ." ސައީދު ވިދާޅުވިއެވެ.
މިހިނގާ މެއި މަހުން ފެށިގެން ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް އަންނަ ހެއު ބަދަލުތައް އިޢުލާން ކުރަށްވަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހި ވިދާޅުވީ މިގެނައި ހެއު ބަދަލު ޓީޗަރުންނާއި ޕްރިންސިޕަލުން ބަލައި ގަންނާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.
ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި މިބަދަލާއެކު ބައެއް މަގާމުތަކުގެ މުސާރަތައް ދެގުނައަށް ބޮޑުވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު