އެމްއާރުއެމް ނޫން އެހެން ސިޔާސީ ޕާޓީއަކަށް ނުވަތަ ބަޔަކަށްވެސް ތާއީދުނުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެމަނިކުފާނަކީ ހަމައެކަނި އެމްއާރްއެމްގެ މެންބަރެއްކަމަށާއި އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަމަށެވެ. އަދި އެމަނިކުފާނަކީ އެހެން ޕާޓީއަކަށް ތާއީދުކުރާ މީހެއްވެސް ނޫންކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ފަހަކަށް އައިސް ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންނާ، އަދި ޚާއްޞަކޮށް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރާއިރު، އެމަނިކުފާނު މިހާރު ތާއީދުކުރައްވަނީ އެ ފަރާތްތަކަށްކަމަށް ވިސްނައިދިނުމަށް ދޮގު ވާހަކަތައް ދައްކަމުންދާކަމުގެ ޝަކުވާއާއި ކަންބޮޑުވުން އެކި ފަރާތްތަކުން ޙިއްޞާ ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑާ ކިތަންމެ ގާތް ފަރާތެއް ނަމަވެސް، ނުވަތަ ސިޔާސީ ގޮތުން އަޅުގަނޑާއެކު ކުރިން މަސައްކަތް ކޮށްފައިވާ ފަރާތެއް ނަމަވެސް، ދައްކާ އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ޙަޤީޤަތެއް ނެތް، ދޮގު ވާހަކަތަކެއް." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ މޯލްޑިވްސް ރީފޯމް މޫވްމަންޓަކީ، ދިވެހިން އެދޭ އިސްލާޙީ ބަދަލުތަކެއް ޙާޞިލުކުރުމަށް އުފެދިފައިވާ އުންމީދީ ޕާޓީއެއްކަމަށެވެ. އަދި އެމްއާރްއެމްގެ އަސާސްތަކަކީ، ދިވެހިންގެ ތެރޭގައި، އިހު އޮތް ދާޚިލީ ހަމަޖެހުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި، އީޖާދީ ޚިޔާލުތަކާއެކު، ފުދުންތެރި، އަމާން މާދަމައެއް ބިނާ ކުރުމަށް ކުރެހެމުންދާ މަގެއްކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑު ޤަބޫލުކޮށް ތާއީދުކުރާ އަސާސްތަކާއި، އަޚްލާޤާއި، ދުރުވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމް.އާރް.އެމް." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ އެމަނިކުފާނާއި ޕާޓީގެ އަސާސްތަކާއި ދުރުވިސްނުމަށް ތާއީދުކުރައްވާ އެއްވެސް ބޭފުޅަކު ސިޔާސީ ވާދަވެރިންގެ މަކަރުވެރި ވާހަކަތަކުގައި ޖެހިވަޑައިނުގެން، އެމްއާރްއެމަށް ތާއީދުކޮށްދެއްވައި، އެ ޕާޓީއާއެކު ތިއްބެވުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު