ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އެސްޓީއޯއިން ބުނީ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާ ބަހަން ހުށަހެޅުމަށް، މިއަދު ބޭއްވި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ނިންމާފައިވާކަމަށެވެ.
އެސްޓީއޯގެ ހިއްސާއަކަށް 60 ރުފިޔާ ބަހަން ބޯޑުން ފާސްކުރިނަމަވެސް، އެސްޓީއޯގެ އަހަރީ ރިޕޯޓް ޝާއިއުކޮށްފައިނުވާތީ އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީއާއި ފައިދާގެ ތަފްސީލެއް ނޭނގެއެވެ.
ސްޓޭޓް ޓްރޭޑިން އޯގައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ޝާއިއުކުރުން އެ ކުންފުނިން ވަނީ ފަސްކޮށްފައެވެ. މިގޮތަށް ނިންމީ އެސްޓީއޯ ގްރޫޕްގެ ބައެއް ކުންފުނިތަކުގެ މިދިޔަ އަހަރުގެ އޮޑިޓު ނިންމުމުގައި ލަސްތަކެއް ދިމާވުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ރިޕޯޓު އާންމުކުރުން ފަސްކުރީ ސީއެމްޑީއޭ އަދި ސްޓޮކް އެކްސްޗޭންޖުގެ ހުއްދަ އާއެކު އެވެ. އަދި، މިހާރު ރިޕޯޓު އާންމުކުރަން އޮތް ތާރީހަކީ މެއި 15، އެވެ.
އެސްޓީއޯގެ ސަބްސިޑިއަރީތަކުގެ ގޮތުގައި ނުވަ ކުންފުންޏެއް ދަނީ ހިންގަމުންނެވެ. އެއީ، އެލައިޑު އިންޝުއަރެންސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، މޯލްޑިވް ގޭސް، މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، މިފްކޯ، ރޭސުޓް މޯލްޑިވްސް ސިމެންޓް، މޯލްޑިވްސް ސްޓޭޓް ޝިޕިން އަދި އެސްޓީއޯ ސިންގަޕޯއެވެ.

STO's Board of Directors have decided to submit a dividend of MVR65 per share for approval at STO AGM 2021.
— STO (@stoplc) May 12, 2022
For more information please visit https://t.co/OLrzhRqFf3#STOAGM2021
އެސްޓީއޯގެ ހިއްސާއަކަށް 60 ރުފިޔާ ބަހަން ބޯޑުން ފާސްކުރިނަމަވެސް، އެސްޓީއޯގެ އަހަރީ ރިޕޯޓް ޝާއިއުކޮށްފައިނުވާތީ އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީއާއި ފައިދާގެ ތަފްސީލެއް ނޭނގެއެވެ.
ސްޓޭޓް ޓްރޭޑިން އޯގައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ޝާއިއުކުރުން އެ ކުންފުނިން ވަނީ ފަސްކޮށްފައެވެ. މިގޮތަށް ނިންމީ އެސްޓީއޯ ގްރޫޕްގެ ބައެއް ކުންފުނިތަކުގެ މިދިޔަ އަހަރުގެ އޮޑިޓު ނިންމުމުގައި ލަސްތަކެއް ދިމާވުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ރިޕޯޓު އާންމުކުރުން ފަސްކުރީ ސީއެމްޑީއޭ އަދި ސްޓޮކް އެކްސްޗޭންޖުގެ ހުއްދަ އާއެކު އެވެ. އަދި، މިހާރު ރިޕޯޓު އާންމުކުރަން އޮތް ތާރީހަކީ މެއި 15، އެވެ.
އެސްޓީއޯގެ ސަބްސިޑިއަރީތަކުގެ ގޮތުގައި ނުވަ ކުންފުންޏެއް ދަނީ ހިންގަމުންނެވެ. އެއީ، އެލައިޑު އިންޝުއަރެންސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، މޯލްޑިވް ގޭސް، މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، މިފްކޯ، ރޭސުޓް މޯލްޑިވްސް ސިމެންޓް، މޯލްޑިވްސް ސްޓޭޓް ޝިޕިން އަދި އެސްޓީއޯ ސިންގަޕޯއެވެ.
ކިޔުންތެރިންގެ ހިޔާލު