އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފަހު ރައީސް މުހައްމަދު ނަޝީދު "ގެއްލޭނެ" ކަމަށް ބުނި މައްސަލަ ފުލުހަށް ހުށަހަޅަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފަހު ރައީސް ނަޝީދު "ގެއްލޭނެ" ކަމަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ.

މިމައްސަލަ ބަލައިދިނުމަށް އެދި 241 ކޮމެޓީއަށް ހުށަ އެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަަޝީދު (ބޮންޑޭ) އެވެ. މިކަން 241 ކޮމެޓީގެ ސަމާލުކަމަށް ގެނައުމުން އެމައްސަަލަ ބަލަން އެކޮމެޓީން ވަނީ އެމައްސަލަ ފުލުހަށް ހުށައަޅަން ނިއްމާފައެވެ.

241 ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމައްސަލަ މިއަދު ކޮމެޓީއަށް ލިބުމުން އިތުރަށް ތަހުގީގުކުރުމަށް ފުލުހަށް ހުށަހެޅުމަށް ނިންމައި ކޮމިޓީގެ ސެކެޓްރީއަށް ދަންނަވާފައިވާނެ ކަމަށެވެ.

އެމައްސަލަ ފުލުހަަށް ހުށަހަޅަން ކޮމެޓީން ނިންމީ 241 ކޮމިޓީއަކީ ތަހުގީގުކުރާ ތަނެއް ނޫން ކަމަށްވާތީއާއި، އެ މައްސަލައަކީ ތަހުގީގު ކުރަން ޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ލަފާ ކުރެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު