ބައިނަލް އަގުއާމީ ހަމަތަށް މުގުރުމަކީ ޚިޔާލު ފާޅުކުރުމެެއް ނޫން ކަމަށް އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި ޚިލާފު ކަމަށް ބުނެ ބައެއް ގާނޫނީ ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާތީ އެކަމަަށް އިޝާރަތް ކުރައްވަމުންނެެވެ.

ނަފާ ނަސީމް ވިދާޅުވީ ‏ގާނޫނުއަސާސީން ދެނީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަން ކަމަށާއި، އެހެން ނަމަވެސް ބައިނަލްއަގްވާމީ ހަމަތައް މުގުރުމަކީ ޚިޔާލްފާޅުކުރުން ނޫން ކަމަށެވެ. އަދި މީހުންގެ އަބުރާ ބެހި ފިތުނަފަސާދަ އުފެއްދުމަކީ ވެސް ޚިޔާލްފާޅުކުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަފާ ނަސީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އާބަދީ އަކީ 450000 ހާސް ކަމަށާއި އެކަމަކު ސިޔާސީ ދެ މީހަކު ތެދުވެ އޭތި މީތި ގޮވީމާ އެ މީހުންގެ އަޑު މިހާރު ވަނީ މުޅި ރައްޔިތުންގެ އަޑަށް ކަމަށެވެ.



"ސިޔާސީ ދެމީހަކު ތެދުވެ ކެމްޕޭނަށް އޭތި މީތި ގޮވީމަ މުޅި ރައްޔިތުންގެ އަޑަށްވީއެވެ. ނޫސްތަކުގެ ސުރުޚީ އަށް އެރުވިއެވެ. ގައުމީ ކަމަކަށްވީއެވެ." ކުރީގެ ރައީސް ޔާމިން އިސްވެ ހުންނަވާ ހިންގަވާ އިންޑިޔާ އައުޓް ކެމްޕޭނަކީ ގައުމީ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެ ކެމްޕޭން ކުރިއަށް ގެންދާތީ ނުސީދާކޮށް އެކަމަށް އިޝާރަތް ކުރައްވަމުން ނަފާ ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަފާ ނަސީމް ވަނީ އިންތިޚާބު ތަކާއި ދިމާކޮށް މަސްވެރިކަން ސިޔާސީ ހަތިޔާރަކަށް ހަދާ ކަމަށް ވިދާޅުވެ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. ނަފާ ނަސީމް ވިދާޅުވީ އިންތިޚާބުތައް ކައިރިވާ ވަރަކަށް މަސްވެރިކަމަކީ ސިޔާސީ ކަމެއް ކަމަށާއި އިންތިޚާބުތަކާއި ދިމާކޮށް ސިޔާސީ މީހުން "މަސްވެރިވެދާ" ކަމަށެވެ.

"ޒަމާނެއްގައި މަސްވެރިކަމަކީ އިގްތިސާދީ ލޭނާރެއް ކަމަށް ވިޔަސް މިހާރު އެއީ ސިޔާސީ ލޭނާރެކެެވެ. ދުވަސްކޮޅަކަށް ފަހު އެނާރުން ލޭ ހުސްވެދެއެެވެ." މަސްވެރިކަން ވެސް އިންތިޚާބު ތަކާއި ދިމާކޮށް ސިޔާސީ ހަތިޔާރަކަށް ހަދާ ކަމަށް ވިދާޅުވެ މަޖާޒީ ގޮތަކަށް އެކަން ސިފަ ކުރައްވައި މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެ، ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ނަފާ ނަސީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު