އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނ. މަނަދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް އެޅުމަށާއި ނ. ލަންދޫ އަދި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މާރާމާތުކޮށް، ރައްކާތެރިކުރުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
އިންޑިއާ ސަރުކާރުގެ 8 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގާ މި ޕްރޮޖެކްޓްގައި ނ. މަނަދޫގައި ބައިނަލްއަގްވާމީ ފެންވަރަށް ފެތޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ބެލުމުގެ ދަށުންން ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި، ނ. ލަންދޫ އަދި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މާރާމާތުކޮށް، ރައްކާތެރިކުރުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީދިނުމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ދެގައުމުގެ ދެމެދުގައި ސޮއި ކޮށްފައެވެ.
5.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ލަންދޫ މާބުދުގެ އާއި ދިޔަމިގިލީ ދަރިކޮޅުގެ ރަސްމަތިފުށާ ގުޅޭ ގަނޑުވަރު މަރާމާތުކޮށް، ރައްކާތެރިކުރާނެއެވެ. އަދި ސައިޓް މިއުޒިއަމް ގާއިމްކޮށް، އެތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް އެތަންތަން ފެންނާނެ ގޮތަށް ހަދައި، ގެލެރީތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިޒަމާނުގެ މިއުޒިއަމްތަކުގައި ގާއިމްކޮށްފައި ހުންނަ ޑިޖިޓަލް އެގްޒިބިޓްތައް އެތަންތަނުގައި ގާއިމްކޮށް، އެތަންތަނާ ބެހޭ މައުލޫމާތު އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު