އެމްޑީޕީއަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއިލް އިންތިޚާބުކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މިއަދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ އެމްޑީޕީއަށް މި ވަގުތު އޮތް އެންމެ ބޮޑު ބިރަކީ އަދި ނުރައްކަލަކީ އެމްޑީޕީގެ މެމްބަރުން ބައިބައިކޮށްގެން އަމިއްލަ ބާރުވެރިކަން ހޯދަން ބަޔަކު މަސައްކަތް ކުރުން ކަމަށް ވިދާޅުވެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި) ދެއްކެވި ވާހަަކަތަކަށް ރައްދުދެއްވަމުންނެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ޕާޓީ ފުނޑާލާ ސްޓައިލަށް ކެމްޕެއިން ކުރަނީ ކޮންބައެއްކަން މެމްބަރުންނަށް ވަރަށް ސާފުކަމަށެވެ. އިންތި ކުރާ ޒާތުގެ ފިތުނަވެރި ކެމްޕެއިނެއް ދުވަހަކުވެސް އެމްޑީޕީ އެތެރޭގެ އިންތިހާބެއްގައި ނުކުރާކަމަށް ނިހާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ދިރިދެމި އޮތުމަށާއި ކާމިޔާބަށް އެންމެ ބޭނުންވަނީ އިތުބާރު ކަމަށެވެ. އަދި އެ އިތުބާރު ދެމެހެއްޓޭނީ ފައްޔާޒު ޗެއާޕާސަން ކަމަށް އިންތިޚާބު ކޮށްގެން ކަމަށް ނިހާދު ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ މިކަމުން އެމްޑީޕީގެ ޗެއާޕާސަންކަމަށް އެންމެ ޤާބިލީ ކާކުކަން ކަށަވަރުކޮށްދޭކަމަށާއި ޕާޓީއަށް އެންމެ ރަނގަޅީ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްކަމަށެވެ.



"ޕާޓީ އެއްބައިވަންތަ ކުރަން ވައުދުވެ އެކަން ކުރުވުމަށް ގައުމަށްޓަކައި ވެސް މުހިންމު، އިންތި އާއި ވައްޑެ އަކީ ސީދާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ބައެއް، އެމްޑީޕީ ބައިބައިކުރުމަށް މަސައްކަތް ކުރާ ފިތުނަވެރިންތަކެއް،" އިންތިއާއި އޭނާގެ ކެމްޕޭން ޓީމަށް ފާޑުވިދާޅުވަމުން ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު އެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު