އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރައްވަނީ އެޕާޓީއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސް ކަމަަށް ވާދަކުރައްވާ ރޮޒައިނާ އާދަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުން މިނިސްޓަރ ފައްޔާޒަށް ތާޢީދުކުރަނީ މަޖުބޫރުކަމެއްނެތި ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވުމާއި ގުޅިގެންނެވެ. އިކްރާމް ދެއްކެވި ވާހަކަތަކަށް ތާއިދުކުރައްވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދާމް ވިދާޅުވީ، އޭނާވެސް ފައްޔާޒަށް ތާއިދުކުރައްވަނީ މަޖުބޫރުވެގެން ނޫން ކަމަށެވެ. އެކަމަކީ ވަގުތާއި ހާލަަތާއި އަދި ޕާޓީއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކުރާ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



"އެމްޑީޕީ ހިންގާލަން އެންމެން އެކީގައި ނިކުމެ ކުރާ މަސަައްކަތެއް މިއީ." ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އެެވެ. ޗެއާޕާސަންް އިންތިޚާބުގައި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.



ކިޔުންތެރިންގެ ހިޔާލު