ރާއްޖޭގެ 7 ރަށެއްގައި ހޮސްޕިޓަލް އަޅަން ކުވައިތު ފަންޑުން ދިނުމަށް ހަމަޖެހިފައިވާ އެހީ ލިބިފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިމަހުގެ 6 ވަނަ ދުވަހު އިއުލާންކޮށްފައެވެ.
މިދިޔަ ހަފްތާގައި މިމަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު މަޖިލީހާއި ހިއްސާކުރައްވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ ހޮސްޕިޓަލްތަކުގެ މަސައްކަތަށް ކުވައިތް ފަންޑުން ލިބެންޖެހޭ އެހީ މިހާރުވަނީ ލިބިފައިކަމަށެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
ހެލްތް މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް މިއަހަރު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ކުވެއިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ.ހަނިމާދޫ އާއި ށ.މިލަންދޫ އާއި ނ.ވެލިދޫއާއި ކ.ތުލުސްދޫ އާއި އދ.މާމިގިއްޔާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުއްޓެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ކޮންމެ ހޮސްޕިޓަލަކަށް ބިޑް ސެކިޔުރިޓީގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު ނުވަތަ އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަންޖެހޭނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރު 25 ހޮސްޕިޓަލެއް އެޅުމަށް މިއަހަރު މަސައްކަތް ފަށާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު