އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ފަސްހާހެއްހާ މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ގެންގޮސްފައިވާ ކަމަށް ބުނެ ޕީޕީއެމުން ދެއްކި ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ތޮލާލް މިއަދު ވަނީ ޕީޕީއެމްގެ 5،000 އަށްވުރެ ގިނަ މެމްބަރުން އެހެން ޕާޓީތަކަށް ވަގަށް ގެނެސްގޮސްފައިވާކަމަށް ބުނެ އެމައްސަލަ އިލެކްޝަންސް ކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާދެއްވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕީޕީއެމްގެ 5،000 މެމްބަރުން އެހެން ޕާޓީތަކުން އޮޅުވާލައިގެން ގެންދިޔަކަމަށް ދައްކާ ވާހަތަކަކީ ސާބިތުކޮށްދެވޭ ވަރުގެ ވާހަތަކެއް ނޫންކަމަށެވެ. އަދި ޕާޓީތަކުން މެމްބަރުން ބަދަލުވުމާއި، ނޭނގި މެމްބަރުން ބަދަލުވުމަކީ ވަރަށް ގިނައިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުންދާ މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމަކީ އެކޮމިޝަނަށް ކުރެވޭނެ މާބޮޑުކަމެއް އޮތް މައްސަލައެއް ނޫންކަމަށް ފުވާދު ވިދާޅުވިއެވެ.
ސައްހަ ނޫން ފޯމް ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލައަކީ ގިނަ ދުވަސްވީ ބޮޑު މައްސަލައެކެވެ. އަދި މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އިލެކްޝަންސް ކޮމިޝަނަށް ވެސް އެޅިފައިވާތަނެއް ނުފެނެއެވެ.
ނަމަވެސް، މިއަހަރަށް ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރުމުގެ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުންވަނީ މިކަމަށް ހައްލެއް ހޯދުމަށް އެކޮމިޝަނަށް ހުށަހަޅާ ފޯމުތައް އާންމު ކުރުމަށް ނިންމާފައެވެ. މި ބަދަލާއިއެކު ސިޔާސީ ޕާޓީތަކުންނާއި، އާންމު ފަރާތްތަކުން ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބެލުމަށްފަހު 7 ދުވަހުގެ މުއްދަތަކަށް އިލެކްޝަންސްގެ ދަފްތަރުގައި ހުށަހަޅާ ފޯމުތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު އާންމު ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު