މާލޭގައި މިހާރު ހިންގާ 2 އަވަށު ސްކޫލާއި މާލެ ސިޓީ ކައުންސިލުން ހަވާލުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އަވަށު ސްކޫލްތަކާއި ހަވާލުވުމަށް ނިންމީ އަވަށު ސްކޫލުތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނުމުން ކަމަށެވެ. އަދި އެއީ ޤާނޫނީގޮތުން ސިޓީ ކައުންސިލްގެ ޒިންމާއެއްކަމަށް ބުނާ އޭޖީގެ ލަފާވެސް ލިބިފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.
މާލޭގައި މިހާރު އަވަށު ސްކޫލުގެ ގޮތުގައި ހިންގަނީ ހަަމައެކަނި މާފަންނު މަދަރުސާއާއި ގަލޮޅު ސްކޫލެވެ. މީގެކުރިން ހިންގި އެހެން ބައެއް އަވަށު ސްކޫލްތައް ވަނީ އިންޓަރނޭޝަނަލް ސްކޫލްތަކަށް ބަދަލުކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން އަވަށު ސްކޫލްތަކާއި ހަވާލުވުމުން ދެން ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އަވަށު ސްކޫލުތަކާ ގުޅޭ ތަފުސީލީ މައުލޫމާތުވެސް މިހާރު ލިބިފައިވާކަމަށް ކައުންސިލުން ބުންޏެވެ.
މީގެކުރިން ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އަވަށު ސްކޫލުތައް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް ފަހުން އަނެއްކާވެސް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރީއެވެ.

ކިޔުންތެރިންގެ ހިޔާލު