އަޑު އިވުމުން މަހުރޫމުވެފައިވާ މީހުންނަށް އިޝާރާތުގެ ބަހުރުވަ ނުވަތަ ސައިން ލެންގްއޭޖުން މަޖިލީހުގެ ޖަލްސާތައް ގެނެސްދޭގޮތަށް ހަމަޖައްސައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ޖަލްސާއިން ފެށިގެން ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީހެ އެހީތެރިކަމާއެކު އިޝާރާތުގެ ބަހުރުވައިން ޖަލްސާތައް ކިޔައިދެމުންދާނެކަމަށެވެ.



މަޖިލީހުގެ ޖަލްސާތައް އިޝާރާތް ބަހުރުވައިން ގެނެސްދޭން ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް އިޝާރާތުގެ ބަހުރުވައިން ކިޔައިދޭން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް އެކަން ބައެއް ފަރާތްތަކުން ގެނައުމުންނެވެ.

އެގޮތުން ޒުވާނުން މަޖިލީހުގެ މަސައްކަތަށް އަހުލުވެރި ކުރުމުގެ ގޮތުން ބޭއްވި "ޕްރެކްޓިސް ޕާލިއަމެންޓް ފޮ ޔޫތު" ގައި ބައިވެރިވި އަޑުއިވުމުން މަހްރޫމްވެފައިވާ ޒުވާނަކު ވަނީ މަޖިލީހުގައި ދައްކާ ވާހަކަތައް އެނގޭނެ ގޮތަށް ޖަލްސާ ގެނެސްދޭން ރައީސް ނަޝީދުގެ އަރިހުން އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު