އަހުމަދު މަސްނޫމް   13 އޭޕްރީލު 2022 - 10:19
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ހިންގާ ތަހުގީގަށް ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ހާމަކޮށްފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ، އެކޮމިޝަނަށް މައްސަލަތައް ބެލުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންވެސްޓިގޭޓަރުން ވަޒީފާ ދޫކޮށްލާ މައްސަލަކަމަށެވެ. އަދި އިންވެސްޓިގޭޓަރުން ކެނޑޭ މައްސަލައަށް ހައްލެއް ގެނައުމަށް އައު ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަލާމް ވިދާޅުވިއެވެ.

އޭސީސީގެ ނާއިބު ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގްކުރުމުގައި ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ހާމައެއްނުކުރައްވައެވެ.

އޭސީސީން މައުލޫމާތުދޭ ގޮތުގައި އޭސީސީގައި އިންވެސްޓިގޭޓަރުންގެ ގޮތުގައި މިވަގުތު 55 މީހަކު އަންނަނީ މަސައްކަތްކުރަމުންނެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ މެންބަރުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ހަލުވިމިނެއްގައި ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު