އަހުމަދު މަސްނޫމް   16 މާރިޗު 2022 - 17:51
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް، އދ. މާމިގިލި، ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އިބްރާހީމް ރަޝީދު އަބޫބަކުރު މީގެކުރިން ވަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒްގެ ނައިބުގެ މަޤާމާއި މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަޤާމާ ޕްރައިވެޓް ސެކްޓަރގެ އެކިއެކި މަޤާމުތައް ފުރުއްވާފައެވެ.

އިބްރާހީމް ރަޝީދު އަބޫބަކުރު ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވަރސިޓީން އެމް.ބީ.އޭ ހާސިލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު