ކޯވިޑް-19 އާއި އެކު އެހެން ގައުމުތަކުން ފެނުނީ އެކުވެރިކަން ކަމަށާއި ނަމަވެސް ރާއްޖެއިން ފެނުނީ ރުޅިވެރިކަން ކަމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ޔޫތް މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ މަޚުލޫފް ވިދާޅުވީ، ކޯވިޑާ އެކު އެހެން ގައުމުތަކުން ފެނުނީ އެކުވެރިވެ ގުޅުންބަދަހި ވެގެންދިިޔަ މަންޒަރު ކަމަށެވެ. އެހެން ނަމަވެސް ރާއްޖެ އިން ފެނުނު މަންޒަރު މުޅިން ތަފާތު ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވި އެވެ.

"މިއީ ވަރަށް ދެރަ ކަމެއް މީ ސިޔާސީ ވާހަކައެއް ނޫން." ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ކުރެއްވި އެހެން ޓުވީޓެއްގައި މަހުލޫފް ވިދާޅުވީ ދަތި އުދަނގޫ ވަގުތުގައި ކާމިޔާބީގެ އައްސޭރި އަށް ދަތުރުފެށުނީ އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމުގެ ސަބަބުން ކަމަށެވެ. އިރާދަ ކުރެއްވިއްޔާ އެންމެން އެކުގައި ކާމިޔާބީ އަށް ވާސިލްވެވޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ގިނަ ބަޔެއްގެ އެއްބާރުލުން ލިބެމުންދާއިރު ފިޔަވަޅުތައް ހަރުކަށިވެފައި ދޯހަޅި ކަމަށް ބުނެ އެއްބަޔަކު ސަރުކާރަށް ފާޑުވެސް ކިޔާފައިވެއެވެ. މާދަމާ އިން ފެށިގެން ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ކޯވިޑާގެ ގުޅިގެން ޑެލިވަރީ ކުރުމުގެ ޚިދުމަތަށް މަހުލޫފް ނުކުމެވަޑައިގަތުމުން އެއްބަޔަކު ތައުރީފް ކުރިއިރު އަނެއްބަޔަކު ބުނީ މަހުލޫފް އެކަން ކުރެއްވީ މަޝްހޫރުވާން ވެގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު