ރައީސް ސޯލިހް ސްރީލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ އާއި ބައްދަލުކުރައްވަނީ:ރައީސް ވަނީ އެމަނިކުފާނަށް ތައުރީފް ކުރައްވާފަ
ރައީސް ސޯލިހް ސްރީލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ އާއި ބައްދަލުކުރައްވަނީ:ރައީސް ވަނީ އެމަނިކުފާނަށް ތައުރީފް ކުރައްވާފަ
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސަ އަކީ ދިވެހި ރާއްޖެއާ ސްރީލަންކާއާ ދެމެދުއޮތް ގާތް ރަހުމަތްތެރިގުޅުން ބަދަހިކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ވަރުގަދަ ޗެމްޕިއަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސިފަކުރައްވައިފިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސަ އެޤައުމުގެ ޤާނޫނު ހަދާމަޖިލީހުގައި ޚިދުމަތްކުރައްވާތާ 50 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާ މުނާސަބަތާއި ގުޅުވައިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ކުރެެއްވި ޓްވީޓެއްގައެވެ.

ރައީސް ޞާލިޙް ކުރެއްވީ ޓްވީޓުގައި ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ސްރީލަންކާގެ އިސް މަޤާމުތަކުގައި ހުންނަވައިގެން މަހިންދަ ރާޖަ ޕަކްސަވަނީ ރާއްޖެއާ އެޤައުމާ ދެމެދު އޮތް ގުޅުން ބަދަހިކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިކަމަށެވެ. ޢެކަމަށްޓަކައި ރައީސް ސޯލިހް ވަނީ ރާޖަޕަކްސަ އަށް ޝުކުރު އަދާކުރައްވާފައެވެ.



މަހިންދަ ރާޖަ ޕަކްސެ ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ފުރަތަމަ އިންތިޚާބުވީ 1970 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ސްރީލަންކާގެ އެކި މިނިސްޓްރީތަކުގެ ވަޒީރުކަމާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުކަން ކުރައްވާފައެވެ. ރާޖަ ޕަކްސެ އަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރެވެ. މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން އެޤައުމުގެ ބޮޑުވަޒީރުކަން އެމަނިކުފާނު ކުރައްވާފައިވެއެވެ. އަދި 2005 އިން 2015 އަށް ސްރީލަންކާގެ ރައީސްކަންވެސް މަހިންދަ ރާޖަ ޕަކްސެ ވަނީ ކުރައްވާފައެވެ.

ޚިދުމަތުގައި މިވީ ދިގު މުއްދަތުގެ ތެރޭގައި މަހިންދަ ރާޖަ ޕަކްސެ ވަނީ އެކި މަޤާމުތަކުގައި ހުންނަވައިގެން ރާއްޖެއަށް އެކިފަހަރުމަތިން ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. މީގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް ގުޅުންވަނީ އެތައްގޮތަކުން ބަދަހިވެގެން ގޮސްފައެވެ. ސްރީލަންކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ގޮޓަބަޔަ ރާޖަޕަކްސަ އަކީ ބޮޑުވަޒީރު މަހެންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން