ވެލާނާ އެއަރޕޯރޓްގެ ޑިޕާރޗަރ ޓާރމިނަލް؛ އެއަރޕޯރޓް ވެސް މިހާރު ދަނީ ނިއު ނޯމަލް އަށް ތައްޔާރުވަމުން (ރަސް ފޮޓޯ- ޝާހް)
ވެލާނާ އެއަރޕޯރޓްގެ ޑިޕާރޗަރ ޓާރމިނަލް؛ އެއަރޕޯރޓް ވެސް މިހާރު ދަނީ ނިއު ނޯމަލް އަށް ތައްޔާރުވަމުން (ރަސް ފޮޓޯ- ޝާހް)
ކޯވިޑް-19ގެ ހާލަތު އެންމެ ރަނގަޅު ނުވި ނަމަވެސް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ދިޔުމުން "ބެކް ޓު ނޯމަލް" އަށް ދިޔުމުގެ ދަތުރު ފެށޭނެ  ކަމަށް އެޗްޕީއޭގެ ޑޮކްޓަރު، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ނިއުނޯމަލް އަށް ދާއިރު ބަލާނީ ބަލީގެ ހާލަތު އެންމެ ރަނގަޅު ހާލަތަށް ދިޔުން އެކަނި ނޫން ކަމަށެވެ. އޭގެބަދަލުގައި ނިއުނޯމަލް ފެށުމުގައި ބަލަން  ޖެހޭނީ ވަކި ލެވެލް އެއްގައި އަލާމާތްތައް ހިފެހެއްޓިފައި ހުންނަ ހިސާބު ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

އެގޮތުން ފުރަބަންދު އުވާ ނުލާ ލުއި ތަކެއް ގެނެސްގެން ހާލަތު ބަލާނީ ކަަމަށާއި ދެން އެއަށްފަހު އެހެން މަރުހަލާއަކަށް ދާނީ ރަނގަޅަށް މޮނިޓާ ކުރުމަށްފަހުގައި ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ބަލި ފެންނަމުންދާ އަދަދު ތަކަށް އިޝާރަތްކުރައްވަމުން ޑރ.އަފްޒަލް ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދޭނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ގައިޑްލައިންގެ މަތީން ކަމަށެވެ. އަދި މިހާރު އާންމުކޮށް ދުވާލެއްގެ މައްޗަށް 50 ވަރަކަށް ޕޮޒިޓިވް ކޭސް ފެނުނު ނަމަވެސް އެއީ ފުރަބަންދު އުވާލަން ވިސްނާއިރު ގިނަ އަދަދެއް ނޫން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

"ދުވާލަކަށް 50 ކޭސް ފެނުމަކީ ހަގީގަތުގައި މިފަދަ ބައްޔަކަށް ބަލާއިރު ބޮޑު ނަންބަރެއް ނޫން. މިގޮތަށް ފެތުރޭ އަރިދަފުސް ރޯގާ ނުވަތަ އިންފުއުލެންޒާ ކަހަލަ ބަލިތަކަށް މާލޭގެ އާބާދީ އަށް ބަލާއިރު ނިސްބަތުން 50 މީހުން ފެނުމަކީ ބޮޑު އަދަދެއް ނޫން. އަޅުގަނޑުމެން އެންމެންވެސް ބޭނުންވާނެ ސުމެއް ނުވަތަ ފަސް ވަރަކަށް މީހުންނަށް އެކަނި ޖެހޭ ވަރަށް އެ މައިތިރިވީމައޭ އަޅުގަނޑުމެން ލޮކްޑައުންގެ ލުޔަކަށް ދާންވީ. އެހެންނަމަވެސް އެ ނޫން ގޮތަކަށް ކުރިއަށް ގެންދެވޭނެ." ޑރ. އަފްޒަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން