ޑރ. މުހައްމަދު އިޔާޒް
ޑރ. މުހައްމަދު އިޔާޒް
ބައެއްގެ ޕްރެޝަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ހުއްދަ ދެވޭނަމަ ރައްޔިތުން ކުރާ ޕްރެޝަރަށް މިސްކިތްތައް ހުޅުވުމަށް ވެސް ހުއްދަ ދިނުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އެޗްޕީއޭއަށް ގޮވާލައްވައިފިއެވެ.

ކޯވިޑް-19 މާލެ ސަރަހައްދުގައި ފެފެތުރެން ފެށުމާއެކު މާލެ ސަރަހައްދުގެ މިސްކިތް ތަކުގައި ޖަމާޢަތް ހެދުން ވަނީ ހުއްޓާލާފައެވެ. އާންމުންގެ ޕްރެޝަރާއެކު ބަލީގެ ނުރައްކާނެތް ރަށުގައި ވެސް މިސްކިތުގައި ޖަމާއަތް ހެދުމަށް ހުއްދަދިނީ މިދިޔަ ހުކުރު ދުވަހުގައެވެ.

އެއްވެސް އިދާރާއެއްގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ޕަބްލިކްހެލްތު ޑިރެކްޓަރ ޖެނެރަލް ގެ ނިންމެވުމަށް ގޮންޖައްސަވައި އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމަވައި އަދި މިއަދު އެޖަލްސާ ބާއްވަވާފައެވެ. އެޗްޕީއޭ އިން ފުލުހުން މެދުވެރިކޮށް އެ ހުއްދަ ރައްޔިތުންގެ މަޖިލީހަށް ދިނީވެސް ރައީސް ނަޝީދު އެކަން ކުރައްވާނެ ކަން އިޢުލާން ކުރެއްވި ފަހުންނެވެ.

މިކަމާ ގުޅިގެން ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ، ބައެއްގެ ޕްރެޝަރަށް އެއްވުންތައް ބޭއްވުމުގެ ހުއްދަ ދެވޭނަމަ މިސްކިތްތައް ހުޅުވުމަށް ރައްޔިތުން ކުރާ ޕްރެޝަރަށް އިޖާބަ ދިނުމަށް އެޗްޕީއޭއަށް ގޮވާލައްވާފައެވެ.އިޔާޒް ވިދާޅުވީ، ގާނޫނުގެ ކުރިމަތީގައި އެންމެން ވާން ޖެހޭނީ ހަމަހަމަ ބަޔަކަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުމުން މިކަމުގައި ވަކިގޮތެއް އޮވެގެން ނުވާނެ ކަމަށެވެ.

މަޖިލިހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ފުލުހުން މެދުވެރިކޮށް އެޗްޕީއޭއިން މަޖިލީހަށް ދީފައި ވަނީ ވަކި ޝަރުތުތަކާ އެކުގައި ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މަޖިލިހުގެ އިދާރާ އަށް ވަނުމުގެ ކުރިން ހުން ހުރިތޯ ޗެކް ކުރުމާއި އަދި ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި ބޭފުޅެއް ނަމަ، ޖަލްސާ އަށް ވަޑައިނުގެންނެވުމަށް ޝަރުތުކޮށްފައިވެއެވެ. މީގެއިތުރުން ވެސް މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެޗްޕީއޭއިން ގިނަ ޝަރުތުތަކެއް ކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން އެ ހުއްދަ ފުލުހުން ދީފައިވަނީ އެޝަރުތުތަށް ފުރިހަމަކުރުމުންނެވެ.

މަޖިލީހުގެ ޖަލްސާތައް ބޭއްވުމާއި މެދު ގާނޫނީ ނަޒަރުން ވިސްނަވާ ބޭފުޅުންގެ ޚިޔާލު ތަފާތުވެފައިވާއިރު ބައެއް ބޭފުޅުން ބުރަވެ ވަޑައިގަންނަވަނީ މިހާރު އިޢުލާން ކޮށްފައި އޮތީ ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ނުވާތީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެ ކަމަށެވެ. އެޗްޕީއޭއިން ކަނޑައެޅި ޝަރުތުތައް ފުލުހުން ތަންފީޒު ކުރާނެ ކަމަށް ބުނި ނަމަވެސް ޖަލްސާއަށް ހުރަސް އަޅަން ފުލުހުން ވެސް އަދި އެއްވެސް އެހެން ފަރާތަކުންވެސް ހުރަސް އަޅާފައެއް ނުވެއެވެ.

ޑރ.އިޔާޒް މިގޮތަށް ގޮވާލައްވާފައިވާއިރު މޮނިޓަރިންް ހާލަތު ނެތް ރަށްރަށުގައި މިސްކިތްތަށް ހުޅުވުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގެ ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ސަރުކާރު މިހާރު ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


21

ރައްޔަތު އަހުމަދު

27-May-2020

ވަރަށް ރަގަޅުވާހަކަ ފުޅެއް.. ތަންދޮރު ނުދަންނަ ބަޔަކު އެދުނީމަ ހުއްދަ ދޭފަދައިން.. ކިޔަވައިގެން ތިބި ތަންދޮރު ދަންނަ މިހުން ނަށް މަގުފަހިކޮށްގެން ވާނެ ގެއްލުމެއް ނޯނާނެ.. އަމުދުން އެއީ މަޖިލިސްކަހަލަ ދޮގުހަދާތަނެއް ނޫން އެއީ ﷲ އަޅުކަންކުރާ މިސްކިތް.. ކީއްވެ އެތަން ނުހުޅުވެންވީ. މަޖިލީހުގެ ޖަލްސާ ބެއްވުން ވާޖިބެއްނޫން.. ނަމާދު ޖަމާއަތުގައި ކުރުން ވާޖިބު.. ނުކުޅެދޭ މީހުންފިޔަވައި.. ގޭގައެއް ނޫން ނަމާދު ކުރަންވީކީ.. ދދދދ މެންފަދަ ބޭފުޅުން ގިނަވީމަ, ކަންކަން ބޮސްސުންލައިގެން މިދަނީ.. ބުނާމީހާއާއި ދިމާކުރައްވާތީ.. އެމީހާ އެއީ ޑޮކްޓަރެއް.. އަނެކަކު އެއީ އޯލެވެލް ފެންވަރު މީހެއް.. ތަފާތު ދެނެގަނެލައްވާ.. އެގޭ މީހުންނާއި ނޭގޭ މީހުން ދަރަޖަތަފާތުކަން އެއީ މިއަދުގައި ދައްކާވާހަކައެއް ނޫން މީގެ 1400 އަހަރު ކުރީންސުރެން އަނގަވާފައިވާ ވާހަކައެއް.. ގުރުއާންނުގެ މާނަ ކިޔާ ނަަމަވެސް މިވަރު އެގުނީސް..


10

ދދދދ

27-May-2020

ތިވާހަކަ ރަނގަޅަސް ކަލޭ ކަހަލަ ކުނިގަނޑެއް ބުނާ އަޑު އަހާހިތެއް ނެތް. އިއްޒަތްތެރި ޝޭޚުން ތިވާހަކަ ދައްކާނެ. ކަލޭ ހުރޭ ނަމާ އެއްފަދަ ސުލޯލޭ ވެއްޓިދާނެތީ ކޮނޑު ވިއްދައިގެން.



ޓްރެންޑިން