މާފުށީ ޖަލުން 153 ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެެވެ.

މާފުށި ޖަލުގައި ކޮވިޑް ފެތުރެމުންދާތީ އެޖަލު މިހާރު ވަނީ އެލާޓަށް ގެނެސްފައެވެ. ކަރެކްޝަނުން މިރޭ ބުނީ އެޖަލުގައި މިވަގުތު ބަލި ޖެހިފައި 153 ގައިދީއަކު އެބަތިބި ކަމަށެވެ. އަދި ކަރަންޓީންގައި 82 ގައިދީން ތިބިއިރު، 114 ގައިދީން ބަލި ރަނގަޅުވެފައިވާ ކަމަށް ކަރެކްޝަނުން ބުނެއެެވެ.

އެ ޖަލުގައި ކޮވިޑަށް ފައްސިވި ޕްރިޒަން އޮފިސަރުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައެވެ. އަދި ތިން އޮފިސަރަކު ކަރަންޓީންގައި ތިބިއިރު، ބަލި ފަސޭހަވެފައި ވަނީ 16 އޮފިސަރުން ކަން ފާހަަގަކޮށްލެވެއެވެ.

މާފުށި ޖަލުގެ އޮފިސަރުންނަށްވެސް ބޭރަށް ނުނިކުމެވޭ ގޮތަށް އެތަނުގައި މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އެ ޖަލުގައި ތިބި ހައިރިސްކު ގައިދީން މިހާރު ވަނީ ގެއަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު