އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ ބާއްވަން ތާވަލްކޮށްފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައާއި، ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގެ މައްސަލައެވެ. އެ ދެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި، ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެެ. އެ މައްސަލަތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލްކޮށްފައިވަނީ މާދާމާ ހެނދުނު 9:00 އަށެވެ.

ރައީސް ޔާމީންގެ މައްސަލައެއް މާދަމާއަށް ޝެޑިއުލް ކޮށްފައިވާއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތްތައް ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ވަނީ ކެންސަލް ކޮށްފައެވެ. މަހްލޫފްގެ ޝަރީއަތްތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު