އެމްއޭސީއެލްގެ މުވައްޒަފަކު ޓެންޕްރޭޗަރ ދެނެގަންނަ ކެމެރާއަކާއެކު އެއަރޕޯރޓްގައި ހަރަކާތްތެރިވަނީ
އެމްއޭސީއެލްގެ މުވައްޒަފަކު ޓެންޕްރޭޗަރ ދެނެގަންނަ ކެމެރާއަކާއެކު އެއަރޕޯރޓްގައި ހަރަކާތްތެރިވަނީ
ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށް ބުނެ މޯލްޑިވްސް އެއަރޕޯޓްސް ލިމިޓެޑް، އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ކުންފުނީގެ މުވައްޒަފުން ވަކިކުރުމަށް އެ މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްގެ ކޮޕީއެއް މި ނޫހަށް ވަނީ ލިބިފައެވެ. އެ ނޯޓިސްގައިވާ ގޮތުން މާރޗް 15 ގައި ވަޒީފާއަށް ނެރުނު މި މުވައްޒަފުންގެ ޕްރޮބޭޝަން މުއްދަތު ހަމަވުމުން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ނަން ހާމަ ނުކުރުމަށް އެދި މި ނޫހަށް މަޢުލޫމާތުދިން އެމްއޭސީއެލް ގެ މުވައްޒަފަކު ބުނެފައިވަނީ، މާރޗް 15 ގައި އެ މުވައްޒަފުން ވަޒީފާއަށް ނެރުމަށްފަހު ކުންފުނިން ވަނީ އެ މުވައްޒަފުންގެ ވަޒީފާއަށް ކޯވިޑް-19 ގެ ސަބަބުން އަސަރެއް ނުފޯރާނެ ކަމުގެ ޔަޤީންކަން ދީފައި ކަމަށެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން މުވައްޒަފުންގެ އަތްމަތި ދަތިވެފައިވާ މި ދަނޑިވަޅުގައި އެ ކުންފުނިން މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދީފައިވާ ކަމަށާއި، މިގޮތުން ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ނޯޓިސް ދީފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ ކުންފުނިން އެ މުވައްޒަފުންނަށް އެއް އަހަރުގެ ކޮންޓްރެކްޓެއް ދިން ކަމަށާއި، ނަމަވެސް ކޯވިޑް-19ގެ ސަބަބުން ކަމަށް ބުނެ ޕްރޮބޭޝަން މުއްދަތު ހަމަވާ ޖޫން 15 ގައި ވަޒީފާއިން ވަކިވާނެކަން އަންގާފައިވާކަމަށެވެ.

އެމްއޭސީއެލްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން މުވައްޒަފުންނަށް އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ މި ނޯޓިސްއާ ގުޅޭ ގޮތުން އެމްއޭސީއެލްއާ ގުޅުމަށް ކުރި މަސައްކަތުން އެފަރާތުން މަޢުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވެފައިވަނީ، މިކަމުގައި ވަކި އެއްޗެއް ދަންނަވަން އެނގޭނީ، ފުރަބަންދަށްފަހު އޮފީސް ހުޅުވުމުން ކަމަށާއި، މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ މަޢުލޫމާތެއް ލިބިފައިނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


11

މޯދު

26-May-2020

ވަގުތީ މުވައްޒަފުން ތިޔައީ. ކޮންޓްރެކްޓްގަ އޮންނާނެ 1 އަހަރުގެ މުއްދަތަތަށް ހަޔާރ ކުރި ވާހަކަވެސް. ވީމާ ތި މައްސަލައެއް ނޫން.


23

މާނީ

25-May-2020

ޕްރޮބޭޝަން ހަމަވުމުން ދޫކޮށްލެވޭނެ.


13

މާނީ

25-May-2020

ޕްރޮބޭޝަން ހަމަވުމުން ދޫކޮށްލެވޭނެ.


11

ޙިޔަމި

24-May-2020

ވަޒީފާއަށް ބުނީމަވެސް ނުނިކުން ނާތީކަމަށް ވަނީ



ޓްރެންޑިން