ފުކުހުންގެ މައި އިދާރާ- ފުލުހުން ވަނީ 61 ކިލޯ މަސްތުވާ ތަކެތީގެ މައްސަލައިގާ ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފައި
ފުކުހުންގެ މައި އިދާރާ- ފުލުހުން ވަނީ 61 ކިލޯ މަސްތުވާ ތަކެތީގެ މައްސަލައިގާ ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފައި
61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ހިމެނޭ 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިހެން ބުނެފައިވަނީ މިއަދު ހެނދުނު ކޮށްފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ބުނެފައިވަނީ މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން 26 މާރިޗު 2020 ދުވަހު "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ދިވެހިރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މައްސަލާގައި 11 މީހަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެ މައްސަލާގައި ހިމެނޭ 11 މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ.

މަސްތުވާތަކެއްޗާއެކު މި މީހުން އަތުލައިގަތް އޮޕަރޭޝަނާމެދު ފުލުހުން ކުރިން ބުނެފައިވަނީ މި އަހަރުގެ މާރިޗް މަހުގެ 20 ވަނަ ދުވަހު ގ. ބޮއިލިންފިޝް އަހްމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމަތަކާ ގުޅިގެން އެ ދޯންޏާއި މާލެ އަދި ހުޅުމާލެ ހިމެނޭހެން ހަތަރު ގެއެއް ބަލައިފާސްކުރި ކަމަށެވެ.

އެ އޮޕަރޭޝަންގައި 61 ކިލޯގެ ހެރޮއިން އާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އޭރު ބުނެފައިވާގޮތުގައި 61 ކިލޯގެ ހެރޮއިންގެ އަގު 72 މިލިޔަން ރުފިޔާއަށް އަރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން