ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ހާލަތުގައި އައި ޕީކަށްވުރެ މިހާރުގެ ޕީކްގެ ރާޅު ބޮޑުވާނެ ކަމަށް އެޗްޕީއޭގެ އެޕިޑޮމިލަޖިސްޓު ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި މިރޭ ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑޮމިލަޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވަނީ ކޮވިޑްގެ ހަތަރުވަނަ ރާޅު ކަމަށާއި، މިރާޅު މިދިޔަ މެއިމަހު ތެރޭގައި އައި ރާޅަށްވުރެ ބޮޑުވާނެ ކަމަށެވެ.
މިދިޔަ މެއި މަހަކީ ރާއްޖޭގެ ކޮވިޑުގެ ހާލަތު އެންމެ ގޯސްވި މަހެވެ. އަފްޒަލް ވިދާޅުވީ ކޮވިޑުގެ ކޭސްތައް ކުއްލިއަކަށް އިތުރުވެފައިވަނީ އޮމިކްރޮން ވޭރިއަންޓާއި ގުޅިގެންކަމަށް ބެލެވޭ ކަމަށެވެ.
ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓު ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުންގެ އަދަދު ޑެލްޓާ ވޭރިއަންޓަށް ވުރެ މަދު ކަމަށާއި، އެހެން ނަމަވެސް އޮމިކްރޮން ވޭރިއަންޓް ވަރަށް ހަލުވި ކަމާއެކު ފެތުރެމުންދާތީ ވަރަށް ގިނަ ބަޔަކަށް ބަލިޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.
"ވަރަށް ފަސޭހައިން ވަރަށް ހަލުއި މިނެއްގައި ފެތުރޭތީ އޭގެ ނުރައްކާތެރިކަން މިކިޔަނީ. އެބަލި ޖެހޭއިރު ބަލިޖެހޭ މީހާއަށް ޖެހޭ މިންވަރު ތަންކޮޅެއް ދަށްވާނެ ޑެލްޓާ ވޭރިއަންޓާ ބަލާއިރު، މިސާލަކަށް ބަލިޖެހޭ މީހުންގެ ތެރެއިން އެންމެ އިންސައްތަ އަކަށް އެކަނި ސީރިއަސް ވި ކަމަށް ވީ ނަމަވެސް އެބަލި ޖެހޭ މީހުންގެ އަދަދު އެތައް ހާސް އިންސައްތަ އެއް މައްޗަށް ދާއިރު އެއްކަލަ އެއް އިންސައްތަ ވެސް ވަރަށް ގިނަ މީހުންނަށް ވެދާނެ." އަފްޒަލް ވިދާޅުވިއެެެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާތީ ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލައާއި 16 ވަނަ ފަންގިފިލާ އޮޕަރޭޝަނަށް ގެނެސްފައިވާއިރު އަތޮޅު ތެރޭގެ ކޮވިޑް ފެސިލިޓީތައް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑުގެ ނުރައްކާ ބޮޑުވެ ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ވަނީ އޮރެންޖުން ރަތަށް ބަދަލުކޮށްފައެވެ. ވޭތުވެ ދިޔަ ސައްވީސް ގަޑިއިރު އެކަނިވެސް 1400 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު